އދ. އަތޮޅު ހޮސްޕިޓަލުން އައިޖީއެމްޗަށް ފޮނުވި މާބަނޑު މީހާ ވިހެއި ކުއްޖާގެ ބޯވަކިވެފައި ވަނީ ބަނޑަށް ނިޔާވެފައި އޮއްވާ ކުއްޖާ ވިއްސުމުގެ ތެރޭގައި ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
ރޭގެ އައިޖީއެމްއެޗްގައި އަންހެނަކު ވިއްސުވުމުގެ ތެރޭގައި ދަރިފުޅުގެ ބޯ ވަކިވެފައިވާ ކަމަށް ބުނެ "އަރި އޮންލައިން" ނޫހުން ވަނީ ރިޕޯޓުކޮށްފަ އެވެ.
އެ މީޑިއާ ރިޕޯޓާ ގުޅިގެން މިއަދު އައިޖީއެމްއެޗުން ނެރުނު ބަޔާނެއްގައި ބުނީ، އައިޖީއެމްއެޗްއަށް ދެއްކިއިރުވެސް ބަނޑަށް ނިޔާވެފައިވާ ކުއްޖެއް، ވިއްސުމުގެ ތެރޭގައި ބޯ ވަކިވެފައިވާ ކަމަށެވެ. އަދި މިހެން ދިމާވެފައި ވަނީ މައިމީހާގެ ސިއްހީ މައްސަލަތަކެއް ހުރުމުންނާއި، ދަރިފުޅު ބަނޑަށް ނިޔާވެފައިވާތާ ގިނަ އިރުތަކެއް ވެފައި ވާތީ ކަމަށެވެ.
ބަލި މީހުންގެ ތަފްސީލީ ސިއްހީ މައުލޫމާތު ހޮސްޕިޓަލްގެ ފަރާތުން ހާމަކުރުމަކީ ގާނޫނީ ކުށަކަަށްވުމުގެ އިތުރުން، މި މައްސަލައާ ބެހޭ މައުލޫމާތު، އިތުރަށް ހާމަ ނުކުރުމަށް އާއިލާގެ ފަރާތުންް އެދިފައިވާ ކަމަށް ބަޔާނުގައި އައިޖީއެމްއެޗުން ވަނީ ބުނެފަ އެވެ.
އަރިއަތޮޅުގެ ޚަބަރުތައް ގެނެސްދޭ "އަރި އޮންލައިން" ގައި ބުނެފައި ވަނީ ބޯވަކިވުމުން ދަރިފުޅުގެ ހަށިގަނޑުގެ ބާކީބައި ނަގާފައިވަނީ ސިޒޭރިއަން ހަދައިގެން ކަމަށެވެ.
ތިކަންތައް ސިއްރު ކުރަންވީ ކީއްވެތަ؟ ދަރިފުޅު މަރުވެފާ ވާއިރު ވެސް ކޮއްމެހެން ވިއްސަން ޖެހޭތަ؟ މިހާރު ވީގޮތް މާ ނުބައިވެފަ ގެއްލުން ވެސް ބޮޑު ވެއްޖެ، ތި ކިއާ ސިޒޭރިއަން އެއް ކުރީގާ ނުހެދީ ކީއްވެތަ؟ މިހާރު ދެން އެއްވެސް ކަމެއްގާ ޖެހިލުމެއްވާ އިރެއް ނޫން ވިއްޔަ.