މެދުއިރުމަތީގެ އެންމެ ވަރުގަދަ އެއް އެއާލައިން، ގަތަރު އެއާވޭސްއިން ރާއްޖެއަށްކުރާ ދަތުރުތައް އިތުރުކޮށްފި އެވެ.
ގަތަރު އެއާވޭސްއިން ބުނީ މިއަހަރުގެ ހޫނު މޫސުމާ ދިމާކޮށް ރާއްޖެއަށް ދުވާލަކު ހަތަރު ފްލައިޓް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. މިގޮތަށް ނިންމީ ހޫނު މޫސުމާއި ދިމާކޮށް ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުވާނެ ކަމަށް ލަފާކުރެވޭތީ ކަމަށް ވެސް ގަތަރު އެއާވޭސްއިން ބުންޏެވެ.
މިދިޔަ އަހަރު ބޯޑަރު ހުޅުވާލުމާއި ހަމައިން މިދިޔަމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ގަތަރު އެއާވޭސްއިން ވަނީ ރާއްޖެއަށް 974 ދަތުރުކޮށްފަ އެވެ.
މި ދަތުރުތަކުގައި ރާއްޖެއަށް 80،250 ފަސިންޖަރުން ވަނީ އުފުލާފަ އެވެ. މިއާއެކު ގަތަރު އެއާވޭސްވެފައި ވަނީ ރާއްޖެއަށް ދެވަނައަށް އެންމެ ގިނަ އަދަދަކަށް ދަތުރުތައްކުރާ އެއާލައިނަށެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު 30 އެއާލައިނަކުން އަންނަނީ ދަތުރުތައް ބާއްވަމުންނެވެ. އޭގެ ތެރޭގައި ޝެޑިއުލް 21 އެއާލައިނަކާއި، ޗާޓަރު ނުވަ އެއާލައިން ހިމެނެ އެވެ.

އީރާނުން ތެލް އަވީވް ހުސްކުރަން 24 ގަޑިއިރުގެ މުހުލަތެއް ދީފި
އިމާމުވެ ހުކުރު ކުރުމުގެ ހުއްދަ އިތުރު 26 ކުއްޖަކަށް
އަރަބި ގައުމުތަކަށް ދޭ ހަމަލާތަކުގެ ފަހަތުގައި ވަނީ އިޒްރޭލް
