މިދިޔަ ޖޫން މަހުގެ ތެރޭގައި ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާގެ ފިލްމު ކުންފުނި، ނަދިއަދުވާލާ ގްރޭންޑްސަން އިން ކާތިކް އާރިޔަންއާ އެކު އިއުލާންކުރި ފިލްމު "ސަތްޔަނާރަޔަން ކީ ކާތާ" މި ފިލްމުގެ ނަން ބަދަލުކުރަން ނިންމާފައިވާ ކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނެފި އެވެ.
ފިލްމުގެ ނަން ބަދަލު ކުރަން ނިންމާފައިވިޔަސް އަދި މި ފިލްމަށް ކިޔާނެ ނަމެއް ހާމަކޮށްފައެއް ނުވެ އެވެ. ފިލްމުގެ ނަން ބަދަލު ކުރަން ނިންމި މައިގަނޑު ސަބަބަކީ ނޭނގުމެއްގެ ތެރޭގައި ވިޔަސް އެއްވެސް ބަޔަކަށް އެ ނަމުގެ ސަބަބުން އޭގެ ނޭދެވޭ އަސަރުތަކެއް ކޮށްފާނެކަމަށް ބަލާފައި ކަމަށް ފިލްމުގެ ޓީމުން އަންގާފައިވެ އެވެ.
"ސަތްޔަނާރަޔަން ކީ ކަތާ" އަކީ ކާތިކް ލީޑް ރޯލުން ފެނިގެންދާ ފިލްމެކެވެ. އަދި މިއީ ސާޖިދް ނަދިއަދްވާލާ ޕްރޮޑިއުސްކުރާ ފިލްމެއްގައި ކާތިކް މަސައްކަތް ކުރާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެ އެވެ.
"ސަތްޔަނާރަޔަން ކީ ކާތާ" ގެ ބަތަލުގެ ރޯލަށް ގެންނާނީ ސާރާ އަލީ ޚާން ނުވަތަ ޝްރަދާ ކަޕޫރް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފައިވެ އެވެ.
މި އަހަރުގެ ފަހުކޮޅު ޝޫޓިން ފަށަން ހަމަޖެހިފައިވާ މި ފިލްމަކީ ނެޝަނަލް އެވޯޑް ހޯދާފައިވާ ސަމީރު ވިދުވަންސްގެ ވަރަށް ތަފާތު ގޮތަކަށް ގެނެސްދޭން ހަމަޖެހިފައިވާ އަސަރުގަދަ ލޯބީގެ ފިލްމެކެވެ.
ތުރުކީއާއެކު ހެދި އެފްޓީއޭ އަށް އަމަލުކުރަން ފަށައިފި
އީރާނަށް ދޭން އުޅުނު ހަމަލާތައް ޓްރަމްޕް މަޑުޖައްސާލައިފި
އޮންލައިން ވަގުތު ގިނަވުމުން ސްޓްރެސް ބޮޑުވަނީ ކީއްވެ؟