ރާއްޖޭގައި ކޮވިޑަށް ފަރުވާހޯދަމުން ދިޔަ އިތުރު މީހަކު މަރުވެ މި ބަލީގައި މަރުވި މީހުންގެ އަދަދު 207 އަށް އަރައިފި އެވެ.
"ހުރިހާ" އަށް އެނގިފައިވާ ގޮތުގައި މިރޭ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ 79 އަހަރުގެ ދިވެހި އަންހެނަކު ވަނީ މަރުވެފަ އެވެ.
ފާއިތުވެގެން ދިޔަ ދެ މަސް ދުވަހު ތެރޭގައި ކޮވިޑް ބަލިޖެހޭ މީހުންގެ އަދަދު 1،000 މަތީގައި ހުރުމަށް ފަހު އިއްޔެ ވަނީ ސަތޭކައިން ތިރިވެފަ އެވެ. މިދިޔަ މަހަކީ ރާއްޖެއިން އެ ބަލީގައި އެންމެ ގިނަ މީހުން މަރުވި މަހެވެ.
ކޮވިޑް ބަލީގައި މަރުވާ މީހުންގެ ތެރެއިން 20 ޕަސެންޓް މީހުންނަކީ އެއްވެސް ބަޔަކަށް މީގެ ކުރިން ފަރުވާ ނުހޯދާ މީހުން ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ. މިއާއެކު މިބަލީގެ ނުރައްކާ ޒުވާނުންނަށާއި ކުޑަކުދިންނަށް ވެސް އޮތް މިންވަރު ހާމަވެގެންދާ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.
ޕީޖީން އަންގާ މައްސަލަތައް އަަވަސްކުރެވޭ ގޮތް އޭސީސީން ހަދައިފި
ވެނެޒުއޭލާގެ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 1،500 އަށް
25 އަހަރަށްފަހު ރިޓަޔާކުރާ ފުލުހުންނަށް ވެސް ބޭސްފަރުވާ ލިބޭނެ!
