އިންޑިއަން ޓެލެވިޒަން އިންޑަސްޓްރީގެ އެންމެ ބޮޑު އެއް ރިއަލިޓީ ޝޯ އަކީ ބިގްބޮސް އެވެ.
ކޮންމެ އަހަރަކު ވެސް އެތައް ސެލެބްރިޓީންތަކެއް ބައިވެރިކޮށްގެން ކުރިއަށްގެންދާ މި ޝޯ ބޮޑަށް މަޝްހޫރުވެފައި ވަނީ ބިގްބޮސް ހައުސް ތެެރޭގައި އެކި ބައިވެރިން މެދުގައި ޖެހޭ މައްސަލަތާކާ ހެދި އެވެ. އަދި މިޝޯގެ ތެރޭގައި ލޯބީގެ ގުޅުންތަކެއް ވެސް މީގެ ކުރިން ވަނީ ފެނިފަ އެވެ.
މި ޝޯގެ ފަނަަރަ ވަނަ ސީޒަނަށް ތައްޔާރުވަމުން އަންނައިރު މި ސީޒަން ވެސް ހުށަހަޅައި ދޭނީ ސަލްމާން ޚާން އެވެ.
ސްޕޮޓް ބޯއިއީގެ ރިޕޯޓްތަކުގައި ބުނާ ގޮތުން ނަމަ މި ސީޒަން ހަ މަސްދުވަހައް ދެމިގެންދާނެ އެވެ.
މި ސީޒަން އިތުރަށް ޝައުގުވެރިކުރުމަށް ޝޯއިން ވަކިވެގެންދާ ކޮންމެ ބައިވެރިއެއްގެ ބަދަލުގައި ވައިލްޑް ކާޑް އެންޓްރީއެއް އިންނާނެ އެވެ.
ބިގްބޮސްގެ ސާދަވަނަ ސީޒަންވެސް ގެނެސްދީފައި ވަނީ ވަަރަށް ބޮޑެތި ބަދަލުތަކަކާ އެކީ އެވެ. އެގޮތުން އާ ތަރިންނާ ވާދަކުރުމަށް ޗެލެންޖާސްގެ ގޮތުގައި ކުރީ ސީޒަންގައި ބައިވެރިވި ބައެއް ތަރިން ވަނީ ގެނެސްފަ އެވެ.
މިސީޒަންގައި ބައިވެރިވުމަށް ރިއާ ޗަކްރަބޯތީ، ނިހާ މަރްދާ، ދިސާ ޕަރްމާރު، ސުރްބީ ޗަންދާ، ކުރުޝްނާ އަބީސެކްގެ އިތުރުން ނިއާ ޝަރުމާ އާ ވާހަކަދައްކަމުން އަންނަ ކަމަށް ހަބަރުތަކުގައި ވެ އެވެ.
ދަރިފުޅު ސްކޫލަށް ނުދާން ބޮޑާ ހާކަނީތަ؟
ދިރާގު މާލެ އޯޕަން 2026 – ރަޖިސްޓާކުރުމުގެ މުއްދަތު އިތުރުކޮށްފި
ތުރުކީގެ ކުންފުންޏަކުން ރާއްޖޭގައި 300 މިލިއަން ޑޮލަރުގެ ރިސޯޓެއް
