އެސްޓީއޯ އިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު މިއަދުން ފެށިގެން ބޮޑުކޮށްފި އެވެ.
މި ބަދަލާއެކު، މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރެއް ލިބޭނީ 9.74ރ. އަށެވެ. އިއްޔެއާ ހަމައަށް ޕެޓްރޯލް ލީޓަރެއް ވިއްކަމުން އައީ 8.85ރ. އަށެވެ. އިއްޔެއާ ހަމައަށް 9.79ރ. އަށް ވިއްކަމުން އައި ޑީސަލް ލީޓަރެއް މިއަދުން ފެށިގެން ލިބޭނީ 10.72ރ. އަށެވެ.
އެސްޓީއޯ އިން ބުީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައިސްފައިވާ ބޮޑު ބަދަލާއެކު، އެ ކުންފުނިން ފޯރުކޮށްދޭ ތެލުގެ ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށް އެ ކުންފުނީގެ ސަބްސިޑަރީ ކުންފުނި ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް)ގެ ޝެޑްތަކުން ވިއްކާ ތެލުގެ އަގަށް ބަދަލު ގެންނަން ނިންމީ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އެސްޓީއޯ އިން އެންމެ ފަހުން ތެލުގެ އަގަށް ބަދަލެއް ގެނައީ މިދިޔަ މާޗު 16 ގަ އެވެ. އެފަހަރު ވަނީ ޕެޓްރޯލް ލީޓަރަކުން 14 ލާރި އަދި ޑީސަލް ލީޓަރަކުން 60 ލާރި ބޮޑުކޮށްފަ އެވެ.

44 އަހަރުގެ ޖަލު ހުކުމް އަންނަ ދައުވާތަކެއް ސަނީ އުމަރަށް ކޮށްފި
ދުނިޔޭގެ އެކި ކަންކޮޅުތަކުން ރޯދަ މަހުގެ ތަފާތު ސަގާފަތްތައް!
މުއްސަނދިގެން ޕްރައިވެޓް ޖެޓްތައް ރާއްޖެއަށް
ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކޮށްފި
ކީއް ކުރާނީ މިސަރުކާ ހިން ގެން އޮތީ ރައްޔިތުން ފެލާގެން ވިއްޔަ އެހެން ވީމަ ހުރިހާ އެއްޗެއްގެވެސް އަގު ބޮޑުވާނެ