މަޝްހޫރު މޮޓޯސައިކަލް ސްޓަންޓް މޭން އެއް ކަމަށްވާ އެލެކްސް ހާވިލް ދުނިޔޭގެ ރެކޯޑެއް ހަދަން އުޅުމުގެ ތެރޭގައި މަރުވެއްޖެ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު އެލެކްސް މަރުވާން މެދުވެރިވީ ރޭމްޕެއްގެ 351 ފޫޓު މަތިން މޫސެސް ލޭކް އެއާ ޝޯ ވޮޝިންޓަންއަށް އޭނާގެ މޮޓޯ ސައިކަލްގައި ފުއްމާލާން އުޅުމުގެ ތެރޭގައި ވެއްޓި ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
މީގެ އިތުރުން އެލެކްސްގެ މަރުގެ ސީދާ ސަބަބު ދެނެގަތުމަށް އިއްޔެ އޮޓޮޕްސީއެއް ހަދާނެ ކަމަށާއި މިހާރު އެލެކްސްގެ އާއިލާއަށް ވަނީ އެކަން އަންގާފަ އެވެ.
އުމުރުން 28 އަހަރުގެ އެލެކްސްއަކީ ވަރަށް ތަޖުރިބާކާރު ސްޓަންޓް މޭން އެކެވެ.
އޭނާ ވަނީ މީގެ ކުރިން 2013 ވަނަ އަހަރު ވެސް ރޭމްޕެއްގެ 297 ފޫޓް މަތިން އެހެން ރޭމްޕަަކަށް ފުއްމާލާ ދުނިޔޭގެ ރެކޯޑެއް ހަދާފަ އެވެ.
ދަރިވަރުން ކާނާ ވިހަވި މައްސަލަ އެޗްއާރުސީއެމުން މޮނިޓާކުރަނީ
މަޖިލީހުގައި މިހާރު އޮތީ ހިޓްލަރުގެ އުސޫލު: މީކާއިލް
ތިނަދޫ-ކާޑެއްދޫ ބްރިޖުން ފަތުރުވެރިކަމަށް ހުރަސްއެޅޭނެ: ޔާމީން