ކެޕްޓަން މާވެލްސްގެ ސީކުއަލް ފިލްމް "ދި މާވެލްސް"ގައި ދެކުނު ކޮރެއާގެ ހުނަރުވެރި އެކްޓަރު ޕާކްސި އޯ ޖޫން ބައިވެރިވާނެކަން ހާމަކޮށްފި އެވެ.
އިންޑަސްޓްރީ ރިޕްރެޒެންޓެޓިވް ބުނެފައި ވަނީ ޕާކްސި އޯ ދި މާވެލްސްގެ ޝޫޓިންއަށް އެމެރިކާއަށް ދިއުމަށް ހަމަޖެހިފައި ވަނީ މިއަހަރު މެދުތެރޭގައި ކަމަށެވެ. ޕާކްސި އޯ މިހާރު ކުޅެމުން އަންނަ ފިލްމު ކޮންކްރީޓް އިތޯޕިއާ ނިންމާލުމަށް ފަހު ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.
ނިއާ ޑަކޮސްޓާ ޑައިރެކްޓުކުރާ މިފިލްމްގެ އިތުރު ތަރިންގެ ގޮތުގައި ބުރީ ލާސަން, ޓެޔޯނާ ޕެރިސްގެ އިތުރުން އިމާން ވެލާނީ ހިމެނިގެން ދާނެ އެވެ.
މިއީ މާވެލްގެ ސީރީޒްއެއްގައި ކޮރެއާގެ ތަރިއެއް ފެނިގެންދާނެ ދެވަނަ ފަހަރެވެ. މީގެ ކުރިން މާވެލްގެ ފިލްމެއް ކަމަށްވާ އެޓާލްސްއިން ކޮރެއާގެ މަޝްހޫރު ތަރި މަ ޑޮންގު ސޯކް ވަނީ ފެނިގެންގޮސްފަ އެވެ.
ގިނަ ބަޔަކު މަގުބޫލު ކަމެއް ހޯދާފައިވާ މާވެލްސް ސީކުއެލް ފިލްމް ކަމަށްވާ ދި މާވެލްސް ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު އެވެ.

ރޯދަ މަހުގެ ސަގާފަތްތަކުގެ ތެރެއިން ތުރުކީގެ ހާރު ދަންބެރު!
ރާއްޖެ ތެލަށް ޖެހުމުގެ ފުރުސަތު ބޮޑު: ނަޝީދު
އީރާނުން ތެލް އަވީވް ހުސްކުރަން 24 ގަޑިއިރުގެ މުހުލަތެއް ދީފި