ހޮލީވުޑްގެ މަޝްހޫރު އެކްޓަރެއް ކަމަށްވާ ލިސާ ބޭނެސް އެކްސިޑެންޓެއްގައި ލިބުނު އަނިޔާތަކަކަށް ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެ އެވެ.
ލިސާ އެކްސިޑެންޓްވީ ވަނީ މިމަހުގެ ހަތަރު ވަނަ ދުވަހު ނިއުޔޯކް ސިޓީގެ މަގެއް ހުރަސްކުރަން އުޅުމުގެ ތެރޭގައި ސައިކަލެއްގައި ޖެހިގެންނެވެ. ޕޮލިހުން ބުނިގޮތުގައި ސައިކަލް ދުއްވަން އިން މީހާ ވަނީ މަޑުނުކޮށް އެތަނުން ފިލައިފަ އެވެ.
ލިސާ މަރުވެފައިވަނީ އެކްސިޑެންޓްގައި ލިބުނު އަނިޔާތަކަށް މައުންޓް ސިނާއީ މޯނިންގް ސައިޑް ހޮސްޕިޓަލްގައި ފަރުވާ ހޯދަމުން ދިޔަތާ 10 ވަނައަށް ވީ ދުވަހު އެވެ.
ލިސާ މަރުވިއިރު އޭނާގެ އުމުރަކީ 65 އަހަރު އެވެ. އަދި އޭނާ ދިރިއުޅެމުން ދިޔައީ ލޮސް އެންޖަލްސްގަ އެވެ.
ލިސާ ވަނީ ތަފާތު ގިނަ ޓީވީ ޝޯތަކާއި ފިލްމުތަކުގައި މަސައްކަތް ކޮށްފަ އެވެ. އޭގެ ތެރޭގައި، ގޯން ގާލް، ކޮކްޓެއިލް ވިތް ޓޮމް ކުރުއިސް، ނަޝްވިއްލެ، މެޑަމް ސެކްރެޓަރީ ހިމެނެ އެވެ.
"ދަ ޑެވިލް ވެއާސް ޕްރާޑާ 2"އަށް ބޮޑު ތަރުހީބެއް!
ކަރަން އާއި ތޭޖަސްވީގެ ކައިވޭނީގެ އަޑުތައް ގަދަވެއްޖެ
ސާދިމް "ދަބޭކާ ބޯއީ"ގެ ކޭކުތައް މާމީރު!