ސައުތުގެ އެކްޓަރެސް ނައިރާ ޝާހު މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފި އެވެ.
ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯގެ އޮފިޝަލަކު ވިދާޅުވިގޮތުގައި ނައިރާ ހައްޔަރުކޮށްފައި ވަނީ މުމްބައީގެ ޖުހޫ ހޮޓެލްއިން އޭނާގެ ރަހުމަތްތެރިޔާ ސާޖިދު ހުސައިނާއެކު އެވެ.
މި ދެ މީހުން ހައްޔަރުކޮށްފައި ވަނީ އާދިއްތަ ދުވަހު ނައިރާގެ އުފަންދުވަސް ފާހަގަކުރުމަށް ފަހު ހޮޓެލް ރޫމްގައި ތިއްބަ އެވެ.
އެ މީހުން ތިބި ކޮޓަރީ ބަލާ ފާސްކުރިއިރު އެއް ގްރާމްގެ މަސްތުވާތަކެތި އެތަނުން ފެނިފައިވާ ކަމަށް އޮފިޝަލުން ވަނީ ބުނެފަ އެވެ. އަދި ނައިރާ އެއްވެސް ޑްރަގް ރެކެޓްއެއްގައި ބައިވެރިވޭތޯ ބަލަމުންދާ ކަމަށް ވެސް ރިޕޯޓްތަކުން ބުނެ އެވެ.
ހައްޔަރު ކުރުމަށްފަހު މި ދެ މީހުން ވަނީ ޑްރަގް ބޭނުންކޮށްފައިވޭތޯ ބެލުމަށް ޓެސްޓް ހެދުމަށް ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. ރިޕޯޓްތަކުން ބުނާގޮތުގައި މިދެ މީހުން ބޭނުންކޮށްފައި ވަނީ އިންޑިއާގައި ބޭނުންކުރުން މަނާ ކޮށްފައިވާ ޑްރަގްގެ ބާވަތެކެވެ.
އިންޑިއާގެ ގާނޫނުގައި ބުނާ ގޮތުން މަސްތުވާތަކެތި އެތެރެކޮށް ގަނެވިއްކުމާއި އެ ބޭނުން ކުރުމަކީ ގާނޫނީ ކުށެކެވެ.
އެމްއެސްއެސްގެ ބޯޓަކުން 17 ކޮންޓެއިނަރު ލަންކާ ކަނޑަށް ވެއްޓިއްޖެ
"ބާބީ" ސީކުއަލްގެ މަސައްކަތް ހުއްޓުމަކަށް އައިސްފި
ފަހި ފުލެޓުތައް ކައިރިން ކުނި ނައްތާލަން 13.5 މިލިއަން ހަރަދުވި