ސައުދީ އަރަބިޔާގައި ބަލަދުވެރިއެއްގެ ހުއްދައަކާ ނުލައި އަންހެނުންނަށް ދިރިއުޅުމުގެ ފުރުސަތު އެ ގައުމުގެ ސަރުކާރުން ދޭން ނިންމައިފި އެވެ. މިއާއެކު ފިރިހެން ބަލަދުވެރިއެއްގެ ބެލުމުގެ ދަށުން ނޫން ގޮތަކަށް އަންހެނުންނަށް ދިރިއުޅުމުގެ ފުރުސަތު ލިބިގެން ދާނެ އެވެ.
މި ނިންމާއެކު މީގެ ކުރިން ކައިވެނިކޮށްފައި ނުވާ އަދި ކައިވެނިކޮށް ވަރިވެފައިވާ ނުވަތަ ހުވަފަތްވެފައިވާ އަންހެނުންނަށް އެކަނި ދިރިއުޅެން ބަލަދުވެރިއެއްގެ ހުއްދަ ހޯދާކަން ނުޖެހޭނެ އެވެ.
އެ ގައުމުގެ އިދާރާތަކުން ބުނެފައި ވަނީ ބާލިޣުވެފައިވާ އަންހެނުންނަށް އެ މީހުން ދިރިއުޅޭނެ ތަނެއް އަދި ދިރިއުޅޭނެ ގޮތެއް އިޚްތިޔާރު ކުރުމުގެ ފިރިހަމަ މިނިވަންކަން އޮންނަންވާނެ ކަމަށެވެ. އަދި އެކަނި ދިރިއުޅޭ އަންހެނުން ސަރުކާރަށް ރިޕޯޓް ކުރެވޭނީ ހަމައެކަނި ގާނޫނީ ގޮތުން ނުވަތަ ޝަރުއީ ގޮތުން ކުށެއްކުރުމުން ކަމަށް ވެސް އެ އިދާރާތަކުން ބުނެފައިވެ އެވެ.
މީގެ ކުރިން 2019 ވަނަ އަހަރު ސައުދީއަރަބިޔާއިން ވަނީ ބޭރު ގައުމުތަކަށް އަންހެނުން އެކަނި ދަތުރު ކުރެވޭނެ ގޮތް ގާނޫނުތަކުގެ ދަށުން ހަމަޖައްސާފަ އެވެ. އެ ގޮތަށް ނިންމީ އެ ގައުމުގެ ގިނަ އަންހެނުންތަކެއް ބަލަދުވެރިންނަށް ފިލައިގެން އެހެން ގައުމުތަކަށް ދަތުރުކުރުން އާއްމުވެފައި ވަނިކޮށް ނިންމި ނިންމުމެކެވެ.
އަލަށް ގެނެވުނު ބަދަލުތަކަކީ ބައިނަލްއަގުވާމީ މުޖުތަމައާއި އެ ގައުމުގައި އަންހެންގެ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން ސަރުކާރަށް މީގެ ކުރިން ވެސް ފިއްތުންތައް ކުރިމަތިކުރުވާފައިވާ ބަދަލުތަކެކެވެ.
މި ބަދަލުތަކާއެކު އެ ގައުމުގައި ޒަމާންތަކެއް ވަންދެން އަންހެނުން ބަލަދުވެރިންނާ އެކު އުޅުމުގެ ސަގާފަތް ނިމުމަކަށް އައީ އެވެ. އެއާއެކު ގިނަ އަންހެނުންތަކެއް ވަނީ އެކަނި އުޅުމުގެ ޝައުގުވެރިކަން ފާޅުކޮށް އުފާ ފާޅުކޮށްފަ އެވެ.
ރާއްޖޭގައި ތިކަން މާކުރިން ފަށައިފި އެކަމަކު ސައުދީންކުރިޔަސް ކީރިތި ޤުރުއާންގައި އޮތް އާޔަތެއް ބަދަލެއް ނުކުރެވޭނެ