އިންސާނާގެ ދިފާއީ ނިޒާމަކީ ސިއްހަތު ރަނގަޅު ދިރިއުޅުމެއް އުޅުމަށް ބޭނުންތެރި ނިޒާމެކެވެ. ދިފާއީ ނިޒާމް ވަރުގަދަވި ވަރަކަށް ދިރިއުޅުމުގެ ފެންވަރު ރަނގަޅުވާއިރު އެ ނިޒާމުގެ ބާރު ދެރަވެއްޖެ ނަމަ ސިއްހީ އެތައް މައްސަލަތަކެއް ކުރިމަތިވެ އެވެ.
އާއްމު ދިރިއުޅުމުގައި އަހަރުމެން ގެންގުޅޭ ބައެއް އާދަތަކުގެ ސަބަބުން ދިފާއީ ނިޒާމަށް ގެއްލުން ލިބޭ ފަހަރު އާދެ އެވެ. އެގޮތުން މި ލިޔުމުގައި މި ބަލާލަނީ އަހަރުމެންގެ ކެއިންބުއިމުގައި އާއްމުކޮށް ބޭނުންކުރާ ނަމަވެސް އޭގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ނިޒާމް ބަލިކަށި ކޮށްދޭ ބައެއް ކާނާގެ ބާވަތްތަކަށެވެ.
ހަކުރު
އާދައިގެ ހަކުރަކީ އޭގެ ސަބަބުން އަހަރެމެންގެ ހަށިގަނޑަށް ނުހަނު ގެއްލުންވާ ބާވަތެކެވެ. އާއްމު ކެއުމެއްގައި ހަކުރު ހިމެނުމަކީ ލޭގެ ހަކުރު މަތިވުމުގެ އިތުރުން ނުރައްކާތެރި މާއްދާތަކެއް ހަށިގަނޑުގައި އުފައްދައިދޭ ބާވަތެކެވެ. މި މާއްދާތަކަކީ ހަށިގަނޑުގެ ދިފާއީ ނިޒާމަށް އޭގެ ނޭދެވޭ އަސަރުކުރާ މާއްދާ ތަކެކެވެ.
ތެލުލި ކާނާ
ތެލުލައިގެން އަހަރެމެންގެ ކެއުމުގައި ހިމަނާ ބާވަތަކީ އެޑްވާންސްޑް ގްލައިސޭޝަން އެންޑް ޕްރޮޑަކްޓްސް ނަމަކަށް ކިޔާ މޮލިކިއުލެއް ގިނަ އަދަދަކަށް ހިމެނޭ ބާވަތްތަކެކެވެ. މި މޮލެކިއުލްތައް ހަށިގަނޑުގައި ގިނަވެއްޖެ ނަމަ ދިފާއީ ނިޒާމު ބަލިކަށި ކޮށްލަ އެވެ.
ކެފެއިން
ކެފެއިންނަކީ ހަށިގަނޑަށް ފައިދާ ހުރި އެންޓި އޮކްސިޑެންސް މުއްސަނދި ބާވަތެއް ނަމަވެސް، މާގިނައިން ކެފެއިން ބޭނުންކުރުމަކީ މީހާ ނިދުމަށް އަސަރުކުރާ ކަމެކެވެ. ހަމަ ނިދި ނުލިބުމަކީ ދިފާރީ ނިޒާމުގެ މައްސަލަތައް ކުރިމަތިވެ އެ ނިޒާމުގެ ބާރު ދެރަވާ ކަމެކެވެ.
މަތީގައި ދަންނަވާ ލެވުނީ އާއްމުކޮށް އަހަރެމެންގެ ދިރިއުޅުމުގައި ވަރަށް ގިނައިން ބޭނުންކުރެވޭ ބާވަތްތަކެކެވެ. ނަމަވެސް އެއީ އެ ބާވަތްތަކުގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ނިޒާމަށް ނޭދެވޭ އަސަރު ކުރުވާ ބާވަތް ތަކެކެވެ.