ކޮވިޑް އެމަޖެންސީ ކޭސްތަކާއި ގުޅިގެން ކޯލް ސެންޓަރު އަމަލުކުރާ ގޮތުގެ އުސޫލުތަކަށް ބަދަލު ގެނެސްފި އެވެ.
ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް އޮފީސް ތަރުޖަމާނު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވީ ކޮވިޑް ބަލީގައި ފަރުވާ ދެމުންދަނިކޮށް މަރުވި އުމުރުން 10 އަހަރުގެ ފާތިމަތު މިޝްކާ މަރުގެ މައްސަލާގައި ހެލްތު މިނިސްޓްރީން ތަރައްޔާރުކުރި ރިވިއު އިން ގިނަ ކަންތައްތަކެއް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެކަންތައްތަކާ ގުޅިގެން މައިގަނޑު ތިން ފިޔަވަޅެއް އެޅުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޯލް ސެންޓަރަށް ފޯނު ކޯލް އައިސް އެ ފޯނު ކޯލަށް ޖަވާބު ދިން ކަމަށްވީ ނަމަވެސް އަކަމާ ގުޅިގެން ދެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ލަސްތަކެއް ހުރިކަން ފާހަގަކޮށް މަބްރޫކް ވިދާޅުވީ އިމަޖެންސީ ކޭސްތަކާ ގުޅިގެން ކޯލް ސެންޓަރުން އަމަލުކުރާ ގޮތަށް މިހާރު ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.
އެގޮތުން ކޯލް ސެންޓަރަށް އެމަޖެންސީ ކޭސްއެއްގެ ގޮތުގައި މީހަކު ގުޅައިފިނަމަ ފޯނު ނުބާއްވައި، އެ ފޯނުކޯލު މޫވްމަންޓް ޓީމަށް ޓްރާންސްފާ ކުރެވޭ ގޮތަށް އަދި ވަގުތުން ވަގުތައް މޫވްމަންޓް ޓީމުން އެކަމަށް ފިޔަވަޅު އަޅަންޖެހޭ ގޮތައް ނިންމާފައިވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.
މީގެ އިތުރުން މަބްރޫކު ވިދާޅުވީ އެމްބިއުލާންސް ދިޔުމުގައި ލަސްތަކެއް ހުރުމުން އެމްބިއުލާންސް ޓްރިގާކުރުމުގައި ގެންގުޅޭ އުސޫލުތަކަށް ވެސް ބަދަލު ގެނެސްފައިވާ ކަމަށެވެ. އެގޮތުން އެމްބިއުލާންސް އަވަހަށް ފޮނުވުމަށް އިތުރަށް ފުރިހަމަ ކުރަންޖެހޭ މަރުހަލާތައް މަދުކުރުމަށް މިހާރު ނިންމާފައިވާ ކަމަށް މަބްރޫކު ވިދާޅުވި އެވެ.
އެޗްއީއޯސީގައި މިހާރު އަޅާފައިވާ ފިޔަވަޅުތައް ފެއިލްވެއްޖެ ނަމަ އެކަމަށް ވެސް ތައްޔާރުވެފައިވާކަން ފާހަގަ ކުރައްވަމުން މަބްރޫކު ވިދާޅުވީ ސޭފްޓީ މެކޭނިޒަމެއްގެ ގޮތުން ކޮވިޑް އެމަޖެންސީ ހާލަތްތަކުގައި ހޮސްޕިޓަލްތަކަށް އައި އޯޕީޑީއަށް ވޯކް-އިން ކުރެވޭނެ ގޮތަށް ވޯލްކްއިން ކުރެވޭނެ ތަންތަން ކަނޑައަޅައި އެތަންތަނުގެ އޮޕަރޭޝަން އޮޕްޓިމައިޒް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
ކޯލް ސެންޓަރު ގައި އަމަލުކުރަންޖެހޭ އުސޫލު ބަދަލުކޮށްފައި ވަނީ މި މަހުގެ ދެވަނަ ދުވަހު ކޮވިޑު ޖެހިގެން މަރުވި 11 އަހަރުގެ ފާތިމަތު މިޝްކާ މަރުވުމުގައި ކޯލް ސެންޓަރުގެ އިހުމާލުތައް ހުރި ކަމާއި އެމްބިއުލާންސް ފޮނުވުމުގައި ވެސް ވަރަށް ލަސްވިކަން ހާމަވެފައި ވަނިކޮށެވެ.
ކޮން ކޯލް ސެންޓަރެއް......އެކެއް ޖައްސަވާ ދޭއް ޖައްސަވާ....މިއޮތް ތަޢުލީމީ މީހުންނާ ވަސީލަތްތައް ހުރި ޒަމާނުގައި ކީއް ތިކުރަނީ.ކަން ކުރެވޭ ޒާތުގެ އެންމެ މީހެއް ބޭނުމީ(އޮގަނައި ޒަރެއް) ..........އަޑު އައްސަވާ... މަޝްހޫރު ކޮލަރާ :- މަރުޙޫމު ސައިކުރާ ނަޢީމު ހަވާލުވެ ގެންގުޅުއްވީ ދެތިން ފިބާ ފުލައިވޫޑު ދެފިލާ ފަސް ވޯކީޓޯކީ ރޭޑިޔޯ ސެޓެއް ޕިންފޮށްޓެއް ރާއްޖޭގެ ވަޅުވަޅަށް ބޭސް އެޅި ބަލި މީހުނަށް ބޭސް ދިން ޖޫސް ދޭންވާ މީހުނަށް ޖޫސްވެސް ދިން އޮފީސް ތަކަށް އަންގާ އެންގުންތައް އެންގި ރައީސަށް ރިޕޯޓު ދިން.
ކަމެއް އިޞްލާޙް ކުރަން ޖެހެނީ ތިމާމެންގެ އިޙްމާލުން ފުރާނެެއް ގެއްލި ދިޔާމަ އެކަނިބާ އެޗްއޯސީގެ ލީގަލް ބައިގަ އުޅޭ އިސްފަރާތަކީވެސް ޖަވާބު ނުދިނުމާ އިޙްމާލު ވުމުގައި ލާމަސީލު މަރުމޯލެއް