އައްޑޫގައި އިމާރާތް ކުރަމުން އަންނަ ޕޮލިސް އެކަޑަމީގެ މަސައްކަތަށް އިންޑިއާ އިން އައި 128 މީހުންގެ ތެރެއިން 53 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން މިރޭ ބުނެފި އެވެ.
އެ ހޮސްޕިޓަލުން ބުނީ އައްޑޫ ޕޮލިސް އެކަޑަމީގެ މަސައްކަތަށް އައި 128 މީހުން ޓެސްޓްކޮށް ނިމިފައިވާ އިރު، 53 މީހުން ފިޔަވައި އެހެން ހުރިހާ މީޙުން ނެގަޓިވްވެފައިވާ ކަމަށެވެ. އެކަމަކު، އެމީހުން ޕޮޒިޓިވް ނުވިޔަސް، 14 ދުވަހުގެ ކަރަންޓީން މުއްދަތު ފުރިހަމަ ކުރަން ޖެހޭނެއެވެ. އެ ހުރިހާ އެންމެން ވެސް މިހާރު ބައިތިއްބާފައި ތިބީ ގަމުގައި ހުންނަ ދޫގަސްގަ އެވެ.
އެ ހޮސްޕިޓަލުން ބުނީ ބައްޔަށް ގިނަ ބަޔަކު ޕޮޒިޓިވް ވި ނަމަވެސް އެއްވެސް މީހެއްގެ ގައިން ބަލީގެ އަލާމާތްތައް ފެނިފައި ނުވާ ކަމަށެވެ.
އައްޑޫ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ 67 އަށް އަރައިފައެވެ. މީގެ ކުރިން އެ ސިޓީން 14 މީހަކު ކޮވިޑް-19 އަށް ފައްސިވި ނަމަވެސް، އެ ހުރިހާ އެންމެން ވެސް މިހާރު ވަނީ ބަލިން ރަނގަޅުވެފަ އެވެ.
އައްޑޫސިޓީގައި ކޮވިޑް-19 ފެތުރިފައިވޭތޯ ބެލުމަށް ދާދި ފަހުން ނެގި ސަވަޔަލެންސް 272 ސުންކު ވަނީ ނެގަޓިވްވެފަ އެވެ.
ރާއްޖެ އިން 10،000 އަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެ 34 މީހަކު ވަނީ މަރުވެފަ އެވެ.
އިންޑިއާއިން ކޮވިޑް_19 އަރާގަންނާނީ ދިވެހި ރާއްޖެ އާއި އެކް - މޯދީ މިގައުމުކުޑަ ކަމުގަ ވިޔަސް މިގައުމަކީ އަމިއްލަ ބަހަކާއި އިސްލާމީ ގައުމެއް. މުއްސަދި ގައުމެއް. މިގައުމު ވަނީ އިންޑިއާގެ އަޅުވެތި ކަމުގެ ދަށުގައި.