އޭޕްރީލް މަހު 10 ވަނަ ދުވަހު ބޭއްވި ކައުންސިލް އިންތިހާބާ ގުޅިގެން ހައިކޯޓަށް ހުށަހެޅި ޝަކުވާތަކާ ގުޅިގެން ހުވާ ކުރުން ފަސްކޮށްފައިވާ ކައުންސިލުތަކުގެ ހުވާކުރުން މާދަމާއަށް ހަމަޖައްސައިފި އެވެ.
ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނީ މާދަމާ ހުވާކުރަން ހަމަޖެހިފައިވާ ކައުންސިލުތަކަކީ ހއ. ފިއްލަދޫ ކައުންސިލުގެ ރައީސް ކަމަށް އިންތިހާބުވި ފަތުހުﷲ ޙަސަނާއި، ގއ. ކޮނޑޭ ކައުންސިލުގެ ރައީސްކަމަށް އިންތިޚާބުވި އަހުމަދު އަބްދުލްހަކީމާއި، ލ. މާބައިދޫ ކައުންސިލުގެ ރައީސްކަމަށް އިންތިޚާބުވި އިބްރާހީމް ވިސާމާއި، ތ. ކަނޑޫދޫ ކައުންސިލުގެ މެންބަރެއް ކަމަށެވެ.
އަލަށް އިންތިހާބުވި ކައުންސިލަރުން މިމަހުގެ 17 ވަނަ ދުވަހު ވަނީ ހުވާ ކުރައްވާފަ އެވެ.
ނަމަވެސް އިންތިޚާބާ ގުޅިގެން ހުށަހެޅި ބައެއް ޝަކުވާތައް ހައިކޯޓުގައި ހިނގަމުންދާތީ އެ ޝަކުވާތަކާ ގުޅިގެން ބައެއް ކައުންސިލަރުން ހުވާކުރުން ފަސްކުރުމަށް ކޯޓުން އަމުރުކުރި އެވެ.
ނަފްސާނީ އެހީއަށް އޭއައި: ފުރާވަރު ކުދިންނަށް ބޮޑު ނުރައްކަލެއް!
ބަކެޓް ލިސްޓަށް އާ މަންޒިލެއް: ޖާދޫއެއް ފަދަ ޕެންގޮންގް ސޯ!
ވޯލްޑް ކަޕާ 2026: ކޮންމެ މެޗެއްގެ ކުރިން ބޯޅަ "ޗާޖު" ކުރަން ޖެހޭ!
