މިދިޔަ އޭޕްރީލް މަހުން ފެށިގެން ހަބަރެއް ނުވެގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓުކުރި ހދ. ނޮޅިވަރަންފަރު، މޯނިންގް ސަން، މިސްބާހު މުހައްމަދު 25އ، ރާއްޖޭގައި ނެތް ކަމަށާއި އޭނާ ހުރީ ރާއްޖެއިން ބޭރުގައި ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިއަދު ބުނީ، މިދިޔަ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު މިސްބާހު ރާއްޖެ އިން ފުރާފައިވާ ކަމަށެވެ. އަދި އޭގެ ފަހުން ރާއްޖެ އައިސްފައި ނުވާ ކަމަށް އިމިގްރޭޝަނުގެ ޑާާޓާތަކުން އެގެންހުރި ކަމަށް ފުލުހުން މިއަދު ބުންޏެވެ.
އިމިގްރޭޝަނުގެ ޑާޓާތަކުން އެނގޭ ގޮތުގައި މިސްބާހު ފުރައިގެން ދިޔައީ ދުބައީ އަށެވެ. އޭނާ އަކީ ކުށުގެ އެކި ރެކޯޑު އޮންނަ މީހެއް ކަމަށްވެ އެވެ.
މިސްބާރު ގެއްލިގެން އާއިލާގެ ފަރާތުން ރިޕޯޓު ކުރުމުން އޭނާ ހޯދަން ފުލުހުން އާންމުންގެ އެހީއަށް އެދުނީ މި މަހުގެ 14 ވަނަ ދުވަހު އެވެ.
އީރާނުން ރައްދު ހަމަލާދީ އެމެރިކާގެ 500 ސިފައިން މަރާލައިފި
ރިޔާސީ ދައުރު ދަންމާލާކަށް ނުވިސްނަން: ރައީސް
ޓްރީ ޓޮޕް އިން ޕެއިން މެނޭޖްމަންޓް ކްލިނިކެއް ތައާރަފުކޮށްފި