ގައުމުގެ ދަރަނި އިތުރުވަމުންދާ ދަނޑިވަޅެއްގައި ސަރުކާރުގެ ކުންފުނިތަކުގެ ހަރަދުތައް ކުޑަކުރުމަށް އެދެވޭ ސިޔާސަތުތަކެއް ތަންފީޒު ނުކުރެވޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ފުވައްމުލައް ސިޓީގައި ބޭއްވި ޕީއެންއެފް ގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ޔާމީން ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން ފެނަކައިގެ ހިންގުން ހަރުދަނާކުރުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅަމުން ނުދާ ކަމަށާއި، އަތޮޅުތަކުގެ ރަށްރަށަށް ދެމުންދާ ކަރަންޓާއި ފެނުގެ ހިދުމަތްތަކުގެ ފެންވަރު ދަށަށް ގޮސް ބިލްތައް ބޮޑުވަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ކުންފުނީގެ މާލީ ހާލަތު ރަނގަޅުކުރުމުގެ ނަމުގައި ކުރެވޭ މަސައްކަތްތަކުން އާންމު ރައްޔިތުންގެ ކޮނޑުގައި އެޅޭ މާލީ ބާރު ބޮޑުވަމުންދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ފެނަކައިން ވަރަށް ބޮޑެތި ވައްކަންކޮށްފި. ހަމައެކަނި ފެނަކައިން ވައްކަން ކުރީ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމަކު ނޫން. މި ސަރުކާރުން ވެސް ފެނަކައިން ވައްކަންކޮށްފި. އެއަށްވުރެ މާބޮޑަށް މި ސަރުކާރުންކޮށްފި،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވަނީ ގައުމުގެ އިގްތިސާދީ ހާލަތާ ގުޅޭގޮތުން ވެސް މިރޭ ވާހަކަފުޅުދައްކަވާފަ އެވެ. އެމަނިކުފާނު ވިދާޅުވީ ޑޮލަރުގެ އަގު ބޮޑުވަމުންދާ މައްސަލަ ހައްލުކުރުމަށް ހަރުދަނާ ސިޔާސަތެއް މި ސަރުކާރުގެ ނެތްކަމަށެވެ.
"މުއިއްޒު ކަށަވަރުކަން މިއްވަނީ ޑޮލަރުގެ އަގު މައްޗަކަށް ނުދާނެއޭ. މައްޗަކަށް ނުދާނެއޭ. އެކަމަކު ޑޮލަރު މިހާރު ހުރި ރައީސަކަށް ކިޔަމަން ނުވި. މިހާރު މި ބަލަނީ ގާނޫނެއް ހަދައިގެން ޑޮލަރު ބަންދުކޮށްގެން ގެންގުޅެން،" ޔާމީން ވިދާޅުވި އެވެ.
ސަރުކާރުން އެކި ބަދަލުތައް ގެންނައިރު ވެސް ޑޮލަރުގެ މައްސަލައަށް ހައްލު އަންނާނެ ދުވަހެއް އަންދާޒާކޮށްލަން ވެސް ނޭނގޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެންބަރު ކަމަށް ޝުއައިބު
ރައީސާ ބައްދަަލުކުރަން އިތުރު 8 ދާއިރާއަކަށް ފުރުސަތު
ނޭޓޯގެ ގައުމުތަކަށް ރަޝިއާއިން ހަމަލާއެއް ނުދޭނެ: ޓްރަމްޕް
