ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް އުފައްދާފައިވާ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ)ގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯގެ މަގާމަށް އަބްދުﷲ ޔާސިރު މިއަދު އައްޔަންކުރައްވައިފި އެވެ.
ޔާސިރު އެ މަގާމަށް ހަމަޖެއްސެވީ އެ ކޯޕަރޭޝަނުގެ އެމްޑީގެ މަގާމުގައި ހުންނެވި އިބްރާހިމް ޝިއުރީ އިސްތިއުފާ ދެއްވިތާ އެއް ދުވަސް ފަހުންނެވެ.
ވީއެމްސީން މައުލޫމާތު ދޭ ގޮތުގައި ޔާސިރަކީ ފަތުރުވެރިކަމާއި ކޯޕަރޭޓް މެނޭޖްމަންޓް އަދި އިންވެސްޓްމަންޓް ދާއިރާއިން 25 އަހަރަށްވުރެ ދިގު މުއްދަތުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. އަދި 1993 ވަނަ އަހަރު ފަތުރުވެރިކަމުގެ ދާއިރާއިން ހިދުމަތް ފެއްޓެވި ޔާސިރު ވަނީ ރިސޯޓުތަކުގެ ޖެނެރަލް މެނޭޖަރުކަމާއި، ވަން އެންޑް އޮންލީ ކަނުހުރާގެ ޑިރެކްޓަރުކަމުގެ އިތުރުން ސުޕަސަޕްލައި އެންޑް ވޯޓަމާކްގެ އެމްޑީކަން އަދި އޮންޓްރަޕްރިނިއާސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސްކަން ވެސް ކުރައްވާފަ އެވެ.
ހަމައެއާއެކު އޭނާއަކީ އިނގިރޭސިވިލާތުގެ ޔުނިވަސިޓީ އޮފް ބާމިންހަމްއިން ޓޫރިޒަމް ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާސް ހާސިލުކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.
ޔާސިރަކީ މި ސަރުކާރުގައި ވިޒިޓް މޯލްޑިވްސްއަށް އައްޔަންކުރި ތިންވަނަ މެނޭޖިން ޑިރެކްޓަރެވެ.
ކްލޯއީ އެކްޓިންގެ ދާއިރާއިން ދުވަހަކު ވެސް ފެނިދާނެތަ؟
ކުޑަކޮށް އަނދާފައި ހުންނަ ކާބޯތަކެތި ކެއުން ރައްކާތެރި ތަ؟
ސްޕައިޑަމޭންގެ ކާމިޔާބާއެކު ގަދަ 5ގެ ލިސްޓުން ޓައިޓޭނިކް ބޭރަށް؟