ރާއްޖެއިން ބޭރުން އަންނަ ދަތުރުވެރިންގެ އަމިއްލަ ބޭނުމަށް، ސިނގިރޭޓާއި ބިޑި ފަދަ ތަކެތި އުފެއްދުމަށް ބޭނުންކުރާ އޮޅާ ދުންފަތުގެ ސާމާނު ޑިއުޓީ މާފުވާ ގޮތަށް އެތެރެކުރެވޭ ގޮތަށް ކަސްޓަމްސްގެ އުސޫލު އިސްލާހުކޮށްފިއެވެ.
"ދަތުރުވެރިން ގެންނަ ތަކެއްޗާއި އަމިއްލަ ފަރާތްތަކުގެ ކުދިކުދި ބޭނުންތަކަށް ގެންނަ ތަކެއްޗާއި ވިޔަފާރި ސާމްޕަލުގެ ގޮތުގައި ގެންނަ ތަކެތިން ޑިއުޓީ މާފުކުރުމުގެ އުސޫލު" އަށް އިއްޔެ ގެނައި އިސްލާހުގައި ވަނީ، ކުރިން "ފަތުރުވެރިން" އޮތް އިބާރާތް ރާއްޖެއިން ބޭރުން ދަތުރުކޮށްފައި އަންނަ "ދަތުރުވެރިން" އަށް ބަދަލުކޮށް ފައެވެ. ނަމަވެސް މި ތަކެތި އެތެރެކުރުމުގެ ހުއްދަ އޮންނަ އުމުރަކީ 21 އަހަރު ކަމަށް ކަނޑައަޅައި، 1 ޖެނުއަރީ 2007 ގެ ފަހުން އުފަންވެފައިވާ މީހުންނަށް މި އިސްތިސްނާ ނުލިބޭނެ ކަމަށް ވަނީ ހިމަނާފަ އެވެ.
އަލަށް ގެނައި ބަދަލާއެކު، ކަސްޓަމްސްއަށް ޑިކްލެއާ ނުކޮށް އެތެރެކުރެވޭނެ ތަކެތީގެ އަދަދުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން:
- 200 ސިނގިރޭޓު (ހީޓަޑް ޓޮބޭކޯ އާއި ބިޑި ހިމެނޭހެން)
- 20 ސުއްޓާ (ކުރިން 25)
- 100 ގުރާމުގެ ދުންފަތް (ކުރިން 250 ގުރާމު)
މީގެއިތުރުން، ދަތުރުވެރިންގެ އަމިއްލަ ބޭނުމަށް ގެންނަ ރޯލިން ޓޮބޭކޯ ނުވަތަ އޮޅާ ސާމާނުގެ ތެރެއިން ޑިކްލަރޭޝަން ހަދަން ނުޖެހޭ ތަކެތީގެ ތެރޭގައި ފަހަރަކު ސިނގިރޭޓެއް ނުވަތަ ބިޑިއެއް އެނބުރޭ ގޮތަށް ތައްޔާރުކޮށްފައިވާ މެނުއަލް ޕޯޓަބަލް މެޝިން، ނޯޅާ ހުންނަ 50 ކަރުދާސް، 50 ފިލްޓަރު އަދި 50 ހުސް ޓިއުބު ނުވަތަ ޕައިޕް ވަނީ ހިމަނާފަ އެވެ.
ދުންފަތް ކޮންޓްރޯލުކުރުމުގެ ގާނޫނުގެ ދަށުން ދުންފަތުގެ ބާވަތްތައް އުފެއްދުމަކީ މަނާ ކަމަކަށްވާތީ، 2024 ވަނަ އަހަރު ހެލްތު މިނިސްޓްރީގެ އިރުޝާދަށް އެފަދަ ސާމާނު ހިފެހެއްޓި ނަމަވެސް، ގާނޫނަކުން ސީދާ މަނާކޮށްފައި ނުވާތީ ކަސްޓަމްސްއިން ފަހުން ވަނީ އެތަކެތި ދޫކޮށްލާފަ އެވެ. އަދި އާ އިސްލާހާއެކު މިފަދަ ތަކެތި ވެސް ހިމެނޭނީ 10،000 ރުފިޔާއާ ހަމައަށް ޑިއުޓީ މާފުވާ ތަކެތީގެ ތެރޭގަ އެވެ.
40 ޕަސެންޓު މާރުކުރުމަކީ ތަހައްމަލު ކުރެވޭނެ ކަމެއް ނޫން: މަޓީ
ހާލަންޑްގެ "ރަން" އިސްތަށިގަނޑު ކޮށާލައިފި
ރާއްޖޭގައި މިހާރު އޮތް އެންމެ ބޮޑު ރަށަކީ ރަސްމާލެ: މިނިސްޓްރީ