ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އޭނާގެ އަތަށް ދިން ދަބަހުގައި ކަރުދާސް ނެތް ކަމަށާއި އޭގައި ހުރީ ދިޔާ އެއްޗެއް ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.
އޮންލައިން ނޫސް އަދަދު އަށް ދެެއްވި އިންޓަވިއުއެއްގައި މެދު ހެންވޭރު ދާއިރާގެ މެމްބަރު އާޒިމް ވިދާޅުވީ އަދީބު އޭނާ އަށް އެ ދަބަސް ދިނީ އަލްމަރުހޫމް އަބްދުﷲ ޖަލީލް (ކޭން ސޭޓް) އަށް ދިނުމަށްޓަކައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އާޒިމް އެފަދައިން ވިދާޅުވީ އަދީބާއި އާޒިމާ ދެމެދު ކުރެވިފައިވާ މެސެޖުތަކެއް ލީކުވުމާ ގުޅިގެންނެވެ. އަދީބު އާޒިމަށް ކުރި މެސެޖުގައި ފެންޓަސީ ކުރިމައްޗަށް ދިޔުމަށް ބުނެފައިވެ އެވެ. ފެންޓަސީ ހުންނަނީ އަދީބުގެ އަރިސް ބޭފުޅެއް ކަމަށްވާ ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލްގެ ގެ ކައިރީގަ އެވެ.
ފެންޓަސީ ކައިރިއަށް އަންނައިރު ދަބަހެއް ގެނައުމަށް އަދީބު، އާޒިމަށް ކުރި މެސެޖުގައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުން އާންމުކޮށްފައިވާ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ލިސްޓުގައި އާޒިމްގެ ނަން ވެސް ހިމެނިފައިވެ އެވެ. އެކަމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ އެ ލިސްޓުގައި ނަން ހިމެނުނު މީހުން މަގާމުތަކުން އިސްތިއުފާދިނުމަށް ގޮވާލައްވަމުންނެވެ. މިހާތަނަށް އިސްތިއުފާ ދެއްވާފައި ވަނީ އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތެވެ.
ކަލަަަެއަކީ ބޮޱުވަގެއް
އެމެރިކާގައި މި ފަހަކަށް އައިސް ތައްޔާރުކުރަނީ ދިޔާ]ޔޫ. އެސް. ޑޮލަރު. ކަލޯ ކާކަށް އޮޅުވާލަން ތިޔަ އުޅެނީ. ތިއޮތީ އަތަށް ގޮވާފަ. ދެން ލަލަލާ
ދަބަހަކަށް ދިޔާ އެއްޗިހިއެޅީމަވާނީ ކިހިނެއް ފޫނެއް ފަޔަށް ފެންފުރަން މަސައްކަތް ނުކުރައްވާ