ފިފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި މިރޭ އިންގްލެންޑާއި އާޖެންޓީނާ ކުރިމަތިލާއިރު، މިއީ މި އަހަރުގެ ވޯލްޑް ކަޕްގައި އެންމެ ބޮޑު ސަމާލުކަމެއް ލިބޭނެ އެއް މެޗެވެ. ވޯލްޑް ކަޕްގެ ތާރީހީ ވާދަވެރިކަމުގެ އިތުރުން، ފާކްލޭންޑްސްއާ ގުޅިގެން ދެ ގައުމުގެ މެދުގައި ކުރެވުނު ހަނގުރާމައާ ގުލިގެން، މިރޭގެ މެޗަކީ ދެ "ހަތުރުން"ގެ ކުރިމަތިލުމެކެވެ.
މި މެޗަށް ވޯލްޑް ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ ނުކުންނާނީ ޖެހިޖެހިގެން ދެވަނަ ފައިނަލަށް ދަތުރުކޮށް، ތަށި ދިފާއުކުރުމުގެ އުންމީދު ދަމަހައްޓާށެވެ. އަނެއްކޮޅުން އިނގިރޭސިންގެ އަމާޒަކަށްވާނީ 1966 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގެ ފައިނަލަށް ދަތުރުކުރުމެވެ. އެންމެ ފަހުން ސެމީ ފައިނަލްގައި އިނގިރޭސިން ވާދަކުރި ދެ އަހަރު ( 1990 އަދި 2018) އެ ޓީމަށް ފައިނަލަށް ދަތުރުކުރެވޭ ގޮތެއްނުވިއެވެ.
އިނގިރޭސިންނާއި އާޖެންޓީނާ ވޯލްޑް ކަޕެއްގައި އެންމެ ފަހުން ވާދަކުރީ 2002 ވަނަ އަހަރެވެ. ދެކުނު ކޮރެއާ އާއި ޖަޕާންގައި ކުޅުނު މުބާރާތުގެ މި ދެ ޓީމުގެ ކުރިމަތިލުން 1-0 އިން އިނގިރޭސިން ކާމިޔާބުކުރީ ޑޭވިޑް ބެކަމް ކާމިޔާބުކުރި ޕެނަލްޓީއަކުންނެވެ. މި މެޗުން ލިބުނު މޮޅަކީ އިނގިރޭސިންނަށް ބަދަލު ހިފުމެކެވެ. އޭގެ ހަތަރު އަހަރު ކުރިން ފްރާންސްގައި އޮތް ޥޯލްޑް ކަޕްގެ ގަދަ 16ގެ ބުރުން އިނގިރޭސި ކެޓީ އާޖެންޓީނާ އަތުން ބަލިވެގެނެވެ. އަދި އެ މެޗުގައި ބެކަމްއަށް ރަތްކާޑު ދެއްކުމުގައި އާޖެންޓީނާގެ ޑިއޭގޯ ސިމިއޯނީ އަދާކުރި ދައުުރުގެ ސަބަބުން، އިނގިރޭސިންގެ ރުޅިވެރިކަން އާޖެންޓީނާއަށް އޮތީ އަމާޒުވެފައެވެ. މިއީ ވޯލްޑް ކަޕްގެ ތާރީހުގައިވެސް ފާހަގަކޮށްލެވޭ މެޗެކެވެ.
އިނގިރޭސިންނާއި އާޖެންޓީނާގެ ވޯލްޑް ކަޕްގެ ވާދަވެރިކަމުގައި އެންމެ ބޮޑު މެޗަކީ 1986 ވަނަ އަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލެވެ. އެ މެޗުގައި އާޖެންޓީނާގެ ލެޖެންޑް ޑިއޭގޯ މަރަޑޯނާ ޖެހި ފުރަތަމަ ލަނޑަކީ ފުޓްބޯޅައިގެ ތާރީހުގައި "ހޭންޑް އޮފް ގޯޑް"ގެ ނަމުން މަޝްހޫރުވެފައިވާ ލަނޑެވެ. މަރަޑޯނާ އެ ލަނޑު ކާމިޔާބުކުރިއިރު އަތުން ބޯޅައިގައި ޖެއްސި ނަމަވެސް، މެޗުގެ ރެފްރީއަށް އެކަން ފާހަގައެއްނުވެ އެވެ. އެ މެޗުގައި މަރަޑޯނާ ޖެހި ދެވަނަ ލަނޑަކީ މިހާތަނަށް ވޯލްޑް ކަޕެއްގައި ޖެހި ފުރަތަމަ ލަނޑެވެ. އެކަމަކު ފުރަަތަމަ ލަނޑާ ގުޅިގެން، އެ މެޗުން ބަލިވުމަކީ އަދިވެސް އިނގިރޭސިންނަށް ހަޖަމްކުރެވޭ ކަމެއް ނޫނެވެ.
އިނގިރޭސިންނާއި އާޖެންޓީނާ އެންމެ ފަހުން ބައްދަލުކުރީ 2005 ވަަނަ އަހަރު ކުޅުނު އެކުވެރިކަމުގެ މެޗެއްގައެވެ. ވޯލްޑް ކަޕްގެ ސެމީ ފައިނަލްގެ ވަރުގަދަ ކުރިމަތިލުމަށް ދެ ޓިމު ނުކުންނައިރު، ދެ ޓީމު ލީޑު ކުރާނީ މި ވަގުތު ދުނިޔޭގައި ތިބި އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ދެ ތަރިންނެވެ. އެއީ އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭން އަދި އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީއެވެ. މިއީ މެސީގެ ދިގު ކެރިއަރުގައި، އިނގިރޭސިންނާ ދެކޮޅަށް އޭނާ ކުޅޭ ފުރަތަމަ ފަހަރެވެ.
އާޖެންޓީނާގެ ފެނިލުން ގަދަ ނޫ ކުލައިގައި، ހަމަ ނަސީބުތަ؟
ޑިގާ: ޓްރެއިލާއިން ޓޮމް ކްރޫޒް ވަކި ކުރަން ވެސް ނޭނގޭ!
އެމެރިކާއިން މެދުއިރުމަތި ނުރައްކާތެރި ފައްތަރަކަށް ވައްޓާލަނީ
