ދިރާގާއި 'އީސެޓް' (eset) ގުޅިގެން ސައިބަރ ޕްރޮޓެކްޓްގެ ނަމުގައި އައު ހިދުމަތެއް ތައާރަފުކޮށްފި އެވެ.
މި ހިދުމަތަކީ، ރާއްޖޭގެ ކުންފުނިތަކާއި އިދާރާތަކުގެ ސައިބަރ ސެކިއުރިޓީ ވަރުގަދަ ކުރުމަށްޓަކައި، އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން، ސައިބާ ތްރެޓްތަކުން ރައްކާތެރިކަން ފޯރުކޮށްދޭ އެންޓަރޕްރައިޒް-ގްރޭޑް އެންޑްޕޮއިންޓް ސެކިއުރިޓީ ސޮލިއުޝަނެކެވެ.
ސައިބާ ޕްރޮޓެކްޓްގެ އެހީގައި، ކުންފުނިތަކުގެ މުވައްޒަފުން ބޭނުންކުރާި ލެޕްޓޮޕާއި، ޑެސްކްޓޮޕް އަދި ސާވާތައް މަލްވެއާ އާއި ރެންސަމްވެއަރ ފަދަ ނުރައްކާތަކުން ރައްކާތެރިކޮށްދިނުމުގެ އިތުރުން، އީމެއިލް އަދި ކްލައުޑް އެޕްލިކޭޝަންތަކަށް އަމާޒުވާ ފިޝިން ހަމަލާތަކުން ރައްކާތެރިކަން ކަށަވަރުކޮށްދެ އެވެ.
އީސެޓްގެ ޒަމާނީ ޓެކްނޮލޮޖީ އާއި ދިރާގުގެ ފަންނީ މާހިރުންގެ ތަޖުރިބާގެ އިތުރުން، ސެކިއުރިޓީ އޮޕަރޭޝަން ސެންޓަރުގެ ފުރިހަމަ އެހީތެރިކަމާއެކު ފޯރުކޮށްދޭ މި ހިދުމަތަކީ ގިނަ ފީޗާތަކެއް އެކުލެވިގެންވާ ހިދުމަތެކެވެ. މީގެ އިތުރުން، ސައިބާ ނުރައްކާތަކަށް މެދުނުކެނޑި ފާރަވެރިވެ، ޝައްކުކުރެވޭ ކަންކަން ވަގުތުން ދެނެގަނެ، ސަލާމަތީ ފިޔަވަޅުތައް އަވަސްކުރުމާއެކު، ސިއްރު މައުލޫމާތުތަކުގެ ރައްކާތެރިކަން މި ހިދުމަތުގެ ތެރެއިން ދަމަހައްޓަދޭނެ އެވެ. މީގެ ތެރޭގައި ސައިބާ ތްރެޓްތަކުގެ ނުރައްކާތަކަށް މެދުނުކެނޑި ފާރަވެރިވެ، ޝައްކުކުރެވޭ ކަންކަން ވަގުތުން ދެނެގަނެ، ސަލާމަތީ ފިޔަވަޅުތައް އަވަސްކުރުމާއެކު، ސިއްރު މައުލޫމާތުތަކުގެ ރައްކާތެރިކަން މި ހިދުމަތުގެ ތެރެއިން ދަމަހައްޓަދޭނެ އެވެ. އަދި ކަމާބެހޭ މާހިރުންގެ ބެލުމުގެ ދަށުން 24 ގަޑިއިރު ސިސްޓަމްތައް މޮނިޓަރކޮށް، މެނޭޖްކޮށް، ބޭނުންވާ ފަންނީ އެހީތެރިކަން އަބަދުވެސް ފޯރުކޮށްދެމުންދާނެ އެވެ.
ދުނިޔޭގައި ސައިބާ ތްރެޓްގެ ނުރައްކާތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި، ސައިބަރ ޕްރޮޓެކްޓް މެދުވެރިކޮށް ކުރިޔާލާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ ފުރުސަތު ލިބޭނެ އެވެ. މީގެ ސަބަބުން ކުންފުނިތަކުގެ މަސައްކަތްތަކަށް ހުރަސްއެޅޭ މިންވަރު ކުޑަވެ، މައުލޫމާތުތަކުގެ ރައްކާތެރިކަން ކަށަވަރުވެގެންދާނެ އެވެ.
ކޮންމެ ވިޔަފާރިއަކަށްވެސް ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ މި ހިދުމަތަކީ ސަބްސްކްރިޕްޝަން އުސޫލުން ފޯރުކޮށްދޭ ހިދުމަތެކެވެ. މި ހިދުމަތް ބަހާލެވިފައިވަނީ ހަތަރު ޕެކޭޖަކަށެވެ. އެއީ ކޮންމެ ކުންފުންޏެއްގެވެސް މަސައްކަތުގެ ބާވަތަށާއި ބޭނުންވާ ރައްކާތެރިކަމުގެ މިންވަރަށް ބަލައި، އެންމެ އެކަށޭނަ ޕެކޭޖެއް އިހްތިޔާރު ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުންނެވެ. މީގެ ސަބަބުން، ތަފާތު ސެކިއުރިޓީ ސޮލިއުޝަންތައް ވަކިވަކިން ބެލެހެއްޓުމުގެ ތަކުލީފާއި ހަރަދު ކުޑަވެ، ފަސޭހަކަމާއެކު އިތުބާރު ހިފޭ، ރަނގަޅު ފެންވަރުގެ ރައްކާތެރިކަން ހޯދޭނެ އެވެ.
މި ހިދުމަތް ތައާރަފުކުރުމަކީ ރާއްޖޭގެ ވިޔަފާރިތަކުގެ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ރައްކާތެރިކުރުމަށް ދިރާގުން ދޭ އަހައްމިއްޔަތު ހާމަކޮށްދޭ ކަމެކެވެ. ޓެކްނޮލޮޖީއަށް ބަރޯސާވާ މިންވަރު އިތުރުވަމުންދާ މި ޒަމާނުގައި، 'ސައިބާ ޕްރޮޓެކްޓް' އަކީ ކުންފުނިތަކަށް އިތުބާރާއެކު ކުރިއަށް ދިއުމަށް ލިބިގެންދާ ވަރުގަދަ ބިންގަލެކެވެ.
މި ހިދުމަތާ ގުޅޭ އިތުރު މައުލޫމާތު ދިރާގުގެ ވެބްސައިޓް މެދުވެރިކޮށް ލިބިވަޑައިގަންނަވާނެ އެވެ.
ޒައިތޫނި ތެލުން ހިތުގެ ބަލިތަކުގެ ނުރައްކާ ކުޑަ ކޮށްދޭ: ދިރާސާ
