މާލެއިން މުދާ ބަރުކޮށްގެން ގދ. ތިނަދޫއަށް ދަތުރުކުރަމުންދިޔަ "ޖަޒީރާ" ބޯޓް ވ. ފެލިދޫ ކައިރިއަށް ބަންޑުންޖަހާލައިފައިވާއިރު، އޭގެން ދަތުރުކުރި ހަތް މީހުން ސަލާމަތްކޮށްފި އެވެ.
ފުލުހުންނަށް މި ހާދިސާ ރިޕޯޓުކޮށްފައިވަނީ 3:26 ހާއިރު އެވެ. މުދަލާއެކު ދަތުރުކުރަމުންދިޔަ ޖަޒީރާ ބޯޓު ބަންޑުންޖަހާލީ ވ. ފެލިދޫ ހުޅަނގު ކަނޑަށެވެ. ތިނަދޫ ސިޓީ ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި މި ހާދިސާ ހިނގަން މެދުވެރިވީ މޫސުން ގޯސްވެ ކޮޅިގަނޑެއްގައި ޖެހުމުގެ ސަބަބުންނެވެ.
މި ހާދިސާ ހިނގިއިރު ބޯޓުގައި ދަތުރުކުރީ ޖުމުލަ ހަތް މީހުންނެވެ. އެއީ ހަތަރު ބިދޭސީ ފިރިހެނުންނާއި ތިން ދިވެހި ފިރިހެނުންނެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، ބޯޓު އަޑިއަށްދާން ފެށުމާއެކު އެ ސަރަހައްދުން ދަތުރުކުރި "ވިލާ ދުވެލި" ނަމަކަށް ކިޔާ ލޯންޗަކަށް މި އެންމެން ވަނީ ނަގާފަ އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަން ނުވަތަ ނޫންކަން އަދި މިހާތަނަށް ކަށަވަރުވެފައެއް ނުވެ އެވެ.
މިހާރު ކުރިއަށްދަނީ ބަންޑުންޖަހާލާފައިވާ ބޯޓު ފުންކުރުމުގެ މަސައްކަތްކަމަށް ތިނަދޫ ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ.
ހޯރަފުށީ ކުރީގެ ކައުންސިލަރުންގެ މައްސަލަ ޕީޖީއަށް ފޮނުވައިފި
ދަ ޓައިޑްސް އޮފް ކޭއޯސްގެ ދެވަނަ ބައި ނެރެފި
މާލޭގެ އިތުރު ދެ ތަނެއްގައި އަލިފާން ރޯވެއްޖެ
