ފާއިތުވި އަހަރުތަކުގައި ބޮލީވުޑްގައި އެންމެ ކާމިޔާބު އެއް ބަތަލާއެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވާ އާލިއާ ބަޓްގެ އާ ފިލްމު 'އަލްފާ' އިން ވަނީ ބޮކްސް އޮފީހުގައި ތާރީހީ ކާމިޔާބީއެއް ހޯދަން ފަށާފަ އެވެ.
ފިލްމު ރިލީޒްކުރި ފުރަތަމަ ހަފުތާ ބަންދުގައި ލިބުނު ބޮޑު ތަރުހީބާއެކު، އާލިއާއަކީ "ބްލޮކްބަސްޓާ ރާނީ" ކަމަށް އިންޑިއާގެ މީޑިއާތަކުންނާއި ސަޕޯޓަރުން ވަނީ ނިންމާފަ އެވެ.
'އަލްފާ' ރިލީޒްކުރި ފުރަތަމަ ހަފުތާ ބަންދު ވެގެން ގޮސްފައިވަނީ ބޮކްސް އޮފީހުގައި ފިލްމަށް ވަރަށް ބޮޑު އާމްދަނީއެއް ލިބުނު ދުވަސްކޮޅަކަށެވެ.
މިއާއެކު އާލިއާގެ ފިލްމީ ކެރިއަރުގައި އިތުރު ބޮޑު ހިޓެއް މިވަނީ ލިޔެވިފަ އެވެ. ސިނަމާތައް ފުރި، ބެލުންތެރިންގެ ފަރާތުން ފިލްމަށާއި އާލިއާގެ އެކްޓިންގއަށް އަންނަނީ ހޫނު ތަރުހީބެއް ލިބެމުންނެވެ.
"އާލިއާ ދުވަހަކުވެސް މާޔޫސެއް ނުކުރޭ" ސޯޝަލް މީޑިއާގައި އާލިއާގެ ސަޕޯޓަރުން އަންނަނީ އޭނާއަށް ވަރަށް ބޮޑަށް ތައުރީފު ކުރަމުންނެވެ.
އެގޮތުން އެންމެ ގިނަ މީހުން ބުނަމުން އަންނަ އެއް ވާހަކައަކީ "އާލިއާ ދުވަހަކުވެސް އޭނާގެ ފޭނުން މާޔޫސް ނުކުރާނެ" ކަމަށެވެ. އެއާއެކު ކޮންމެ ރޯލަކާ ހަވާލުވި ނަމަވެސް، އެ ރޯލަކަށް އާލިއާ ގެންނަ ދިރުމާއި ފުރިހަމަކަން ވެސް އެމީހުން ފާހަގަކުރެ އެވެ.
ހަމަ އެހެންމެ އާލިއާ ކުޅޭ ފިލްމުތަކާއި ކެރެކްޓާތައް އިހްތިޔާރުކުރާ ގޮތް ވަރަށް މޮޅުކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.
ކާމިޔާބު އެތައް ފިލްމުތަކަކަށްފަހު، 'އަލްފާ'އަށް ވެސް ލިބުނު މި ކާމިޔާބީއާއެކު އާލިއާ މިވަނީ ބޮލީވުޑްގައި އެންމެ ކުރީ ސަފުގައި އޭނާގެ މަގާމު އިތުރަށް ވަރުގަދަ ކޮށްފަ އެވެ.
މެކްސިކޯ ކަޓުވާލައި، އިންގްލެންޑް ކުއާޓާ އަށް
ހާލަންޑްގެ ދެ ލަނޑާއެކު ބްރެޒިލް ކަޓުވާލައި، ނޯވޭ ކުއާޓާ އަށް
އަޅާނުލާ ދޫކޮށްލައިގެން ނުވާނެ 5 ހުވަފެނެއް!