އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭންގެ ދެ ލަނޑާއެކު، ފީފާ ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި މިރޭ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ އަތުން ފަހަތުން އަރައި 2-1 އިން މޮޅުވެ އިންގްލެންޑް މުބާރާތުގެ ގަދަ 16ގެ ޖާގައެއް ހޯދައިފި އެވެ.
އެމެރިކާގެ އެޓަލާންޓާގައި މިރޭ ކުޅުނު މެޗުގެ ހަތް ވަނަ މިނިޓުގައި އިންގްލެންޑް ސިއްސުވާލުމަށްފަހު، ކޮންގޯ ލީޑު ނެގީ ބްރައިޔަން ކިޕެންގާ ޖެހި ގޯލުންނެވެ.
މެޗުގެ ފަހު 15 މިނެޓާ ހަމައަށް، އިންގްލެންޑްއިން ލަނޑެއް ޖެހުމަށްކުރި މަސައްކަތަށް އެންމެ ބޮޑު ހުރަހަކަށްވީ ކޮންގޯގެ ގޯލްކީޕަރު ލިއޮނެލް އެމްޕާސީ އެވެ. އެމްޕާސީ ވަނީ އިންގްލެންޑްގެ ގިނަ ހަމަލާތަކެއް ދިފާއުކޮށްފަ އެވެ.
ފުރަތަމަ ހާފުގައި އިންގްލެންޑްގެ ފަރާތުން ފެނުނީ އާދައިގެ ކުޅުމެކެވެ. އަދި ހާފު ނިމެނިކޮށް ކޮންގޯ ލީޑު ފުޅާކުރުމަށް ޔޮއާން ވިސާއަށް ލިބުނު ފުރުސަތު ކާމިޔާބު ނުވުމަކީ އިންގްލެންޑްގެ ނަސީބެވެ.
އެކަމަކު އިންގްލެންޑް އިން މެޗުގެ 75 ވަނަ މިނިޓުގައި މެޗުގެ ނަތީޖާ ހަމަހަމަ ކުރީ އެންތަނީ ގޯޑަން ހުރަސްކޮށްލި ބޯޅަ، ކޭން ބޮލުން ގޯލަށް އަމާޒުކޮށްލުމުންނެވެ. އަދި މެޗުގެ 86 ވަނަ މިނިޓުގައި ކޭން ވަނީ އިންގްލެންޑަށް ލީޑު ހޯދައިދީފަ އެެވެ. މިއީ މި އަަހަރުގެ ވޯލްޑް ކަޕްގައި ކޭން ޖެހި ފަސް ވަނަ ލަނޑެވެ.
ގަދަ 16ގެ ބުރުގައި އިންގްލެންޑް ނުކުންނާނީ މެކްސިކޯއާ ދެކޮޅަށެވެ.
ޑިޖިޓަލް ފައިނޭންސް އެންޑް އިނޮވޭޝަން އެވޯޑު ބީއެމްއެލްއަށް
މިދުވަސްވަރު ގަވައިދުން ސުކޫލަށް ނުދާ 8،000 ކުދިން
އިޒްރޭލު ސިފައިން ލުބުނާނު، ސީރިޔާ، ގައްޒާގައި އަބަދުވެސް ތިބޭނެ