ފީފާ ވޯލްޑް ކަޕްގެ ގަދަ 16ގެ ބުރުގައި ރޭ ޕެނަލްޓީ ޖަހައިގެން ޖަރުމަން އަތުން 4-3 އިން މޮޅުވެ، ޕެރަގުއޭ މުބާރާތުގެ ގަދަ 16ގެ ބުރަށް ދަތުރުކޮށްފި އެވެ.
މުބާރާތުގެ ފޭވަރިޓެއްގެ ގޮތުގައި އޮތް ޖަރުމަން ކެޓުމަކީ މި އަހަރުގެ ވޯލްޑް ކަޕްގައި މިހާތަނަށް ފެނުނު އެންމެ ބޮޑު "ސަޕްރައިޒް" އެވެ. އަދި މިއީ ފާއިތުވި ދެ ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖުން ކެޓި ޖަރުމަނަށް އަނެއްކާ ވެސް ލިބުނު ބޮޑު ނާކާމިޔާބެކެވެ.
މެޗުގެ ފުރަތަމަ ވަގުތު ހަމަވިއިރު ދެ ޓީމު އޮތީ 1-1 އިން އެއްވަރުވެފަ އެވެ. ފުރަތަމަ ހާފު ނިމެނިކޮށް ޕެރަގުއޭ އިން ލީޑު ނެގީ ހޫލިއޯ އެންސިސްކޯ ޖެހި ލަނޑުންނެވެ. އެކަމަކު ދެވަނަ ހާފުގެ ކުރީކޮޅު ޖަރުމަންގެ ކައި ހަވާޓްޒް ވަނީ ލަނޑު ޖަހައި މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
ދެ ޓީމު އެއްވަރުވެފައި އޮތުމުން، ނަތީޖާއެއް ނެރުމަށް ކުޅުނު އިތުުރު ވަގުތުގެ 30 މިނިޓުގެ ތެރޭގައި ވެސް ޖަރުމަނަށް އިތުރު ގޯލެއް ކާމިިޔާބެއް ނުކުރެވުނެވެ. އިތުރު ވަގުތުގައި ޖަރުމަންގެ ޑިފެންޑަރު ޖޮނަތަން ޓާ ބޮލުން ގޯލެއް ބޯޅަ ވައްދާލި ނަމަވެސް، ވީއޭއާރް އިން ބެލުމަށްފަހު އެ ގޯލް ބަލައި ނުގަތުމަށް ރެފްރީ ނިންމީ ޖަރުމަންގެ ކުޅުންތެރިއެއް ޕެރަގުއޭގެ ގޯލްކީޕަރަށް ހުރަސް އަޅާފައިވާ ކަމަށެވެ.
ޕެނަލްޓީ ޝޫޓްއައުޓްގައި ޖަރުމަންގެ ފުރަތަމަ ޕެނަލްޓީ ކައި އަށް ކާމިޔާބެއް ނުކުރެވުނެވެ. ކައި ފޮނުވާލި ޕެނަލްޓީ ޕެރަގުއޭގެ އޯލާންޑޯ ގިލް ވަނީ ދިފާއުކޮށްފަ އެވެ.
ޖަރުމަންގެ ޓާ އަދި ނިކް ވޮލްޓަމާޑޭ ފޮނުވާލި ޕެެނަލްޓީތައް ވެސް ކާމިޔާބެއް ނުވިއެވެ. ޓާ ޖެހި ޕެނަލްޓީ ދިޔައީ ބޭރަށެވެ. ވޮލްޓަމާޑޭގެ ޕެނަލްޓީ ގިލް ވަނީ ދިފާއުކޮށްފަ އެވެ.
މިއީ ވޯލްޑް ކަޕެެއްގައި ޕެނަލްޓީ ޖަހައިގެން ޖަރުމަން ބަލިވި ފުރަތަމަ ފަހަރެވެ. ޖަރުމަނަށް 2014ގެ ވޯލްޑް ކަޕްގެ ފަހުން މުބާރާތުގެ ގަދަ 16ގެ ބުރަށް ދަތުރު ނުކުރެވެ އެވެ.
ހޮލީވުޑް: ޖުލައި މަހު ރިލީޒްކުރާ މަޝްހޫރު ފިލްމުތައް!
އީސީއަށް އައްޔަނުކުރި ޝަކީލަށް މަޖިލީހުން ރުހުން ދީފި
25 ޕަސެންޓް ފައިދާއާއެކު ޑޮލަރު އިންވެސްޓްކުރެވޭ ގޮތް ހަދައިފި