އެމެރިކާގެ މަގުބޫލު ރެޕް އާޓިސްޓް "ޔޭ" (ކުރީގެ ނަމުން ނަމަ ކާންޔޭ ވެސްޓް) ފްލޮރިޑާގެ ޓެމްޕާ ބޭގައި ބޭއްވުމަށް ތައްޔާރު ވަމުންދިޔަ ކޮންސެޓާ ދެކޮޅަށް އެމެރިކާގެ ސެނެޓަރު ރިކް ސްކޮޓް ފެށި ބޮއިކޮޓް ކެމްޕެއިންއާއެކު ވެސް ކޮންސެޓު ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިއްޖެ އެވެ.
މި މައްސަލަ ހޫނު ވެފައިވަނީ ކާންޔޭ ވެސްޓްގެ ފަރާތުން ފާއިތުވި އަހަރުތަކުގައި ފެނިގެން ގޮސްފައިވާ އެންޓި-ސެމިޓިކް (ޔަހޫދީންނާ ދެކޮޅު) ވާހަކަތަކާއި، އޭނާގެ ބައެއް ނުރައްކާތެރި ހިޔާލުތަކުގެ ސަބަބުން، އޭނާއަކީ މުޖުތަމައުގެ ސުލްހަ މަސަލަސްކަމަށް ހުރަސް އެޅޭނެ މީހެއްގެ ގޮތުގައި ސިފަވާ ކަމަށް ބުނެ އެވެ.
ފްލޮރިޑާގެ ކުރީގެ ގަވަރުނަރު އަދި މިހާރުގެ ސެނެޓަރު ރިކް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، ނަފްރަތު އުފެއްދުމާއި ވަކި ނަސްލަކާ ދެކޮޅަށް ވާހަކަދައްކާ ފަރާތްތަކަށް ފްލޮރިޑާގެ ބިމުން ޖާގައެއް ނެތް ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ކާންޔޭ ވެސްޓްގެ ކޮންސެޓަކީ ހަމައެކަނި މިއުޒިކް ހަފްލާއެއް ނޫނެވެ. އެއީ ނަފްރަތާއި ދެބަސްވުންތަކަށް ހިތްވަރު ދޭނެ ކަމެކެވެ.
މި ޕެޓިޝަންގެ މައިގަނޑު ބޭނުމަކީ ކޮންސެޓް ބޭއްވުމަށް ހަމަޖެހިފައިވާ ސްޓޭޑިއަމް/ސްޓޭޖްގެ މެނޭޖްމަންޓަށް ފިއްތުންތައް ކުރިމަތިކު ރުވައި، އެއްބަސްވުން ބާތިލު ކުރުމެވެ.
ޔޭ ނުވަތަ ކާންޔޭ ވެސްޓަކީ އޭނާގެ އާދަޔާ ހިލާފު މިއުޒިކީ ހުނަރަށްވުރެ ބޮޑަށް، ފަހަކަށް އައިސް އޭނާ ދައްކާ ހޫނު ވާހަކަތަކުގެ ސަބަބުން މީޑިއާގެ ސަމާލުކަން ހޯދާފައިވާ މީހެކެވެ.
މީގެ ކުރިންވެސް އޭނާ ދެއްކި ބައެއް ވާހަކަތަކާ ގުޅިގެން "އެޑިޑާސް" ފަދަ ބައިނަލްއަގުވާމީ ބޮޑެތި ބްރޭންޑްތަކުން ވަނީ އޭނާއާއެކު ހަދާފައިވާ މިލިއަން ޑޮލަރުގެ އެއްބަސްވުންތައް އުވާލާފައެވެ.
މި ކޮންސެޓާ ދެކޮޅަށް ފްލޮރިޑާގެ ގިނަ އަދަދެއްގެ އާންމުންނާއި ޔަހޫދީ ޖަމާއަތްތަކުންވެސް ދަނީ އަޑު އުފުލަމުންނެވެ. އެމީހުން ބުނާ ގޮތުގައި މިފަދަ ހަފްލާތަކުގެ ސަބަބުން މުޖުތަމައުގައި ކުށްތައް ކުރުމަށް މަގުފަހި ވެގެންދެ އެވެ.
މިހާތަނަށް ކޮންސެޓް އިންތިޒާމުކުރާ ފަރާތްތަކުން ނުވަތަ ކާންޔޭ ވެސްޓްގެ ގާނޫނީ ޓީމުން މި ޕެޓިޝަނާ ގުޅޭގޮތުން ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ. އެހެން ކަމުން މިހާރު އޮތް ގޮތުންނަމަ ކޮންސެޓު ބާއްވާނެ އެވެ.
ހޮލީވުޑް ރިޕޯޓާސްއިން ބުނާގޮތުގައި، މިއީ މިއުޒިކް ދާއިރާގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، މުޖުތަމައުގެ ސަލާމަތާ ދެމެދު އޮތް ގޮންޖެހުންތައް އަނެއްކާވެސް ހާމަ ކޮށްދިން ހާދިސާ އެކެވެ.
ވައިނަރީ މައްސަލާގައި އެންޖެލީނާއާ ދެކޮޅަށް ބްރެޑްއަށް މޮޅެއް!
ދަނޑުން ނުފައިބައި މައުސް މެޗް އެނަލިސްޓަކަށް!
ހަންޏާމީދޫގައި ބަގީއަކާއެކު މޫދަށް ވެއްޓި ކުއްޖަކު ނިޔާވެއްޖެ