ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އާއި މިނީސޯ ގުޅިގެން ރާއްޖޭގެ ފުޓްބޯޅައަށް ސަޕޯޓްކުރާ ފަރާތްތަކަށް ހާއްސަކޮށްގެން މި ފުޓުބޯޅަ މޫސުމުގައި ކުޅޭ މެޗުތަކުގެ ނަތީޖާ ދިމާކޮށްގެން އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ލިބިގެންދާ "ގެސް ދަ ސްކޯ" ޕްރޮމޯޝަން ފަށައިގެން އެބަ ކުރިއަށްގެންދެ އެވެ.
މި ޕްރޮމޯޝަނުގައި ބައިވެރިވާ ފަރާތްތަކުން މެޗުތަކުގެ ނަތީޖާ ދިމާކޮށްގެން ޕޮއިންޓް ހޯދައިގެން ލީޑަރބޯޑުގެ ކުރިއަށް އެރުމަށް ވާދަކުރެވޭނެ އެވެ. އަދި، ލީޑަރބޯޑުގެ އެންމެ މަތީ ވަނަތަކަށް ހޮވޭ ފަރާތްތަކަށް އަގުހުރި އިނާމުތަކެއް ވަނީ ހުށަހަޅައިފަ އެވެ. މީގެ ތެރޭގައި، މުޅި ދުނިޔެއިން ވެސް ލިބެން ހުރި އެންމެ 2,026 ކަލެކްޓިބަލްގެ ތެރޭގައި ހިމެނޭ "ލިމިޓެޑް އެޑިޝަން 2026 ފުޓްބޯލް ކަލެކްޓިބަލް" އެއް ހިމެނެ އެވެ. މިއީ މިނީސޯ އިން ހުށަހަޅައިފައިވާ ހާއްސަ އިނާމެކެވެ. މީގެ އިތުރުން "ޓީޓީ ރޭސިންގް" ގޭމިންގް ޗެއަރ އާއި އެހެނިހެން އަގުހުރި އިނާމުތައް ވެސް މި ޕްރޮމޯޝަނުގައި ހިމެނެ އެވެ.
ބޮޑެތި އިނާމުތަކުގެ އިތުރުން، ކޮންމެ ހަފުތާއަކު ވެސް ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް މިނީސޯގެ 1,000 ރުފިޔާގެ ގިފްޓް ވައުޗަރެއް ލިބުމުގެ ފުރުސަތު ވަނީ ހުޅުވައިލައިފަ އެވެ.
މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން dgg.mv ގައި ރަޖިސްޓްރީކޮށް، ސޮނީ ސްޕޯޓްސް ލޯޔަލްޓީ ޕްރޮގްރާމްގައި ބައިވެރިވުމަށްފަހު، މެޗުތަކުގެ ނަތީޖާ ދިމާކޮށްގެން ލީޑަރބޯޑުގެ ކުރި ހޯދުމަށް ވާދަކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
ދިރާގު ގޭމާސް ގިލްޑުން ދަނީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް އާ ތަޖުރިބާތައް ފޯރުކޮށްދީ، ފުޓްބޯޅަ ފަދަ ކުޅިވަރުތަކުގެ ތެރެއިން މުޖުތަމައުގެ ގުޅުން ބަދަހިކުރުމަށް މި ފަދަ އެކި ހަރަކާތްތައް ހިންގައި، ބައިވެރިވާ ފަރާތްތަކަށް އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތު ފަހިކޮށްދެމުންނެވެ.
މި ޕްރޮމޯޝަނުގައި ބައިވެރިވެ، ނަތީޖާ ދިމާކުރުމަށް މި ލިންކަށް ކްލިކްކޮށްލައްވާ!
ޒިޕްލައިން އެޑްވެންޗާ ގިވްއަވޭގެ ނަސީބުވެރިން އިއުލާންކޮށްފި
ނުކުޅެދޭ މީހުންގެ އިނާޔަތް ޖަމާވުން ލަސްވާ މައްސަލަ މަޖިލީހަށް
ކްރޭނުން ކޮންޓެއިނަރެއް ވެއްޓި ބޮޑެތި ގެއްލުންތަކެއް
