ފީފާ ވޯލްޑް ކަޕްގައި ޓިއުނީޝިއާ ކުޅުނު ފުރަތަމަ މެޗުގައި ސްވިޑަން އަތުން ތަފާތު ބޮޑުކޮށް ބަލިވުމާއެކު، ޓިއުނީޝިއާގެ ކޯޗު ސަބްރީ ލަމޫޗީ މަގާމުން ވަކިކޮށްފި އެވެ. ލަމޫޗީ މަގާމުން ވަކިކޮށް، ތަޖުރިބާކާރު ކޯޗު ހަވޭ ރެނާޑް ވަނީ ޓިއުނީޝިއާގެ ކޯޗަކަށް ހަމަޖައްސައިފަ އެވެ.
ގުރޫޕް އެފްގައި އާދިއްތަ ދުވަހު ކުޅުނު މެޗުގައި ސްވިޑަން އަތުން ޓިއުނީޝިއާ ބަލިވީ 5-1 އިންނެވެ. އެ މެޗަށްފަހު ލަމޫޗީ މަގާމުން ވަކިކުރި ކަމަށް އަޑު ފެތުރުނެވެ. އެހެން ނަމަވެސް، ހޯމަ ދުވަހު އޮތް ޓިއުނީޝިއާގެ ފަރިތަކުރުންތައް ކުރިއަށް ގެންދިޔައީ ލަމޫޗީގެ އިރުޝާދުގެ ދަށުންނެވެ.
އެހެން ނަމަވެސް، ޓިއުނީޝިއާގެ ފުޓްބޯލް އެސޯސިއޭޝަނުން މިއަދު ބުނީ "ދެ ފަރާތުން އެއްބަސްވެގެން" ލަމޫޗީގެ ކޮންޓުރެކްޓް ބާތިލްކޮށްފައިވާ ކަމަށެވެ.
ލަމޫޗީގެ ބަދަލުގައި ޓިއުނީޝިއާގެ ކޯޗަކަށް ހަމަޖެއްސި ރެނާޑާކީ ކުރިން މޮރޯކޯ އާއި ސައުދީ އަރަބިއްޔާއަށް ކޯޗުކޮށްދިން ތަޖުރިބާކާރެކެވެ. ރެނާޑަށް ކޯޗުކަން ހަވާލުކުރީ ވޯލްޑް ކަޕްގެ ނިޔަލަށެވެ.
ލަމޫޗީ އަކީ މި ފަހަރުގެ ވޯލްޑް ކަޕްގައި މަގާމުން ވަކިކުރި ފުރަތަމަ ކޯޗެވެ.
މެދުކެނޑުމަކަށްފަހު ސަލްމާން "ބިގްބޮސް"އަށް!
ޕޯޓަލްއަށް ދިމާވި މައްސަލައަކާ ގުޅިގެން ވަގުތު އިތުރުކޮށްފި
