ލ. ގަމުގައި އީދަށް ތައްޔާރުވުމުގެ މަސައްކަތް ކުރަމުންދަނިކޮށް، ކަރަންޓުގައި ޖެހި ސީރިއަސް އަނިޔާތަކެއް ލިބުނު ކުޑަ ފިރިހެން ކުއްޖަކު އިތުރު ފަރުވާއަށް މިއަދު މާލެ ގެނެސްފި އެވެ.
މި ހާދިސާ ހިނގާފައި ވަނީ ރޭގެ ވަގުތެއްގައި، އެ ރަށު ބީޗްގަ އެވެ. އުމުރުން 14 އަހަރުގެ މި ކުއްޖާގެ ގައިގައި ކަރަންޓު ޖެހުނީ މަގުމަތީގައި ހުރި ކަރަންޓު ހޮޅިދަނޑިއަކުން އެތަނަށް ކަރަންޓު ގުޅުމަށް މަސައްކަތް ކުރަމުން ދިޔަ ވަގުތު ކަމަށްވެ އެވެ.
މި ހާދިސާއާ ގުޅިގެން އެ ކުއްޖާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާއިރު، މާލެ ގެނައުމުގެ ކުރިން ކުއްޖާއަށް ފަރުވާދީފައި ވަނީ ލ. ގަމު ހޮސްޕިޓަލުގައި ވެންޓިލޭޓަރުގަ އެވެ.
އެ ކުއްޖާ މިހާރު ވަނީ މާލެ ގެނެސް އެ ހޮސްޕިޓަލުގެ އެމަޖެންސީ ރޫމުގައި ފަރުވާ ދޭން ފަށައިފަ އެވެ.
އެނގިފައިވާ ގޮތުގައި ކަރަންޓުގައި ޖެހުމުގެ ސަބަބުން މާލެ ގެނައިރު ވެސް އެ ކުއްޖާ ހޭނާރަ އެވެ. އަދި ހަށިގަނޑުގެ ބޮޑު ބައެއް ވަނީ ފިހިފަ އެވެ.
ބެލުންތެރިންގެ މަގުބޫލު "އޮފް ކެމްޕަސް" ބަލައިފިންތަ؟
ލަންކާގައި ހަލުވިކާއެކު މެނިންޖައިޓިސް ފެތުރެނީ
އެމެރިކާއިން އަނެއްކާވެސް އީރާނަށް ހަމަލާދީފި
ގަގު މަތީގަ ހުންނަ ކަރަންޓް ހޮޅިއަކުން ކަރަންޓު ދޭން ކުޑަކުއްޖަކު އުޅެން ޖެހުނު ސަބަބު ބަލަންޖެހޭ
ރިޕްލައި