ދިރާގުން އަޟްހާ އީދުގެ މުނާސަބަތުގައި ހާއްސަ އިނާމުތަކާއި ބޯނަސް ޑޭޓާ ލިބޭ ޕްރޮމޯޝަނެއް ތައާރަފްކޮށްފި އެވެ.
ދިރާގުން ވަނީ "ބޮޑުމަސް ބޭނުން"ގެ ނަމުގައި މިއަދުން ފެށިގެން ހަތް ދުވަހުގެ މުއްދަތަށް ކުރިއަށްދާ ހާއްސަ ގޭމެއް ތައާރަފުކޮށްފަ އެވެ. ދިރާގުއެޕް މެދުވެރިކޮށް ކުޅެވޭ މި ގޭމުގައި ބައިވެރިވެގެން، ފިޝިން ގިއަރު ކިޓަކާއި ގޯޕްރޯ ހީރޯ11 އެއް ހޯދުމުގެ ފުރުސަތު 30 މޭ ގެ ނިޔަލަށް ވަނީ ހުޅުވައިލައިފަ އެވެ.
މި ގޭމުގައި ބައިވެރިވުމަށްޓަކައި، ދިރާގު އެޕްގައިވާ "ބޮޑުމަސް" ބެނާއަށް ފިއްތާލުމުން ކޮންމެ ދުވަހަކަށް ހާއްސަ ކާޑެއް ފެނިގެންދާނެ އެވެ. އަދި މި ކާޑުތަކުގައި ފޮރުވިފައިވާ މަސްބޭނުމަށް ބޭނުންކުރާ ސާމާނު އަދި އެންމެ ފަހު ދުވަހު ލިބޭ ބޮޑުމަސް ހޯދައިގެން ކޮންމެ ދުވަހަކު 2 ޖީބީ ޑޭޓާ މުޅިން ހިލޭ ހޯދުމުގެ ފުރުސަތު އަދި ބޮޑު އިނާމު ހޯދުމުގެ ފުރުސަތު އިތުރުކޮށްދޭ ލަކީޑްރޯ ޓިކެޓް ކޮންމެ ކަސްޓަމަރަކަށް ވެސް ލިބިގެންދާނެ އެވެ.
"ދިވެހި ސަގާފަތުގެ މުއްސަނދި އާދަކާދަތަކުގެ ތެރެއިން، އީދު ފާހަގަކުރުމުގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ އެއް ހަރަކާތް ކަމަށްވާ 'ބޮޑުމަސް ބޭނުން' ރަމްޒުކޮށްދޭ ގޮތަށް މި ތައާރަފްކުރި ޑިޖިޓަލް އެންގޭޖްމެންޓްގެ މައިގަނޑު މަގުސަދަކީ، އީދުގެ ފޯރީގެ ތެރެއިން ކަސްޓަމަރުންނަށް އިތުރު ފައިދާތައް ހޯދައިދީ އީދުގެ އުފަލުގައި އެންމެން ވެސް ބައިވެރިކުރުން،" މި ޕްރޮމޯޝަން ތައާރަފްކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ދިރާގުގެ އެސިސްޓަންޓް މެނޭޖަރު، މާކޮމްސް އެންޑް ޕީއާރް، ޒީން މުހައްމަދު ވިދާޅުވި އެވެ.
"ބޮޑުމަސް ބޭނުން"ގެ އިތުރުން، 24 އިން 31 މޭ އަށް ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަ އީދު އޮފާތަކެއް ވެސް ވަނީ ތައާރަފުކޮށްފަ އެވެ. މީގެ ތެރޭގައި ހިމެނެނީ:
- އީދު ޑޭޓާ ކޮމްބޯ: ޕްރިޕެއިޑް ކަސްޓަމަރުންނަށް 45 ޖީބީ ޑޭޓާ، ދިރާގު ކޯލްތައް މުޅިން ހިލޭ އަދި އިތުރު ފައިދާތައް އެންމެ 650 ރުފިޔާއަށް 28 ދުވަހުގެ މުއްދަތައް ލިބިގެންދާނެ.
- އީދު ބޯނަސް ޑޭޓާ: ޕްރީޕެއިޑް ކަސްޓަމަރުންނަށް ވަކި ހާއްސަ އެޑް-އޯންތަކާއެކު 25 ޕަސެންޓް އިތުރަށް ހިލޭ ބޯނަސް ޑޭޓާ ލިބިގެންދާނެ.
ދިރާގުން ދަނީ މި ފަދަ އެކި މުނާސަބަތުތަކާއި ގުޅުވައިގެން ތަފާތު ގިނަ ޕްރޮމޯޝަންތައް ހިންގައި، ހެޔޮ އަގުގައި ގިނަ އޮފާތަކާއި އަގުހުރި އިނާމުތައް ކަސްޓަމަރުންނާ ހަމައަށް ގެނެސްދެމުންނެވެ.
އުމުރުން ދުވަސްވާ ވަރަކަށް އަވަސް އަވަހަށް ކުޑަކަމު ދެެވޭތަ؟
ޖަމީލްގެ ރައްދު: ފައިސާ ފަހަތުން ޝުޖާއު ދުވާކަން ރިޕޯޓުން ހާމަވޭ
ބޭސް ނުލިބޭ މައްސަލަ ހައްލުވާނެ ކަމަށް ބުނެ އިތުރު މުއްދަތެއް
