މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ހޯދަން އެދުނު މައުލޫމާތު ނުދީ ބަހަނާ ދެއްކުމުގެ ގޮތުން ޖަވާބެއް ދިނުމަށްފަހު، ހުރިހާ އާރްޓީއައިތަކަށް ރައީސް އޮފީހުން ޖަވާބުދީފައިވާ ކަމަށް ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި މުންދު ވިދާޅުވީ ސަރުކާރުގެ އެހެން ވުޒާރާތަކާއި އިދާރާތަކަށްވެސް، މި ގޮތަށް މަސައްކަތް ކުރެއްވުމަށް ހިތްވަރުދެއްވައި، މަޢުލޫމާތު ހޯދުމަށް ހުށަހަޅާ ފޯމުތަކަށް ޖަވާބުދިނުމަށް ބޭނުންވާ އެހީތެރިކަންވެސް، ސަރުކާރުން އެއިދާރާތަކަށް ފޯރުކޮށްދެއްވަމުން ގެންދަވާ ކަމަށެވެ.
އޭނާ ވިދާޅުވީ ރައީސް އޮފީހަށް ހުށަހެޅި ހުރިހާ އާރްޓީއައިތަކަށް ވެސް ޖަވާބުދީފައިވާ ކަމަށެވެ. މުންދު އެ ވިދާޅުވީ ތެދެކެވެ. ޖަވާބު ވަނީ ދީފަ އެވެ. އެކަމަކު ގިނައިން ޖަވާބުދިނީ އެ ސުވާލުގައި އެދުނު މައުލޫމާތު ނުދޭން ބަހަނާއެއް ދެއްކުމަށްފަހުއެވެ. ހޯދަން އެދުނު މައުލޫމާތެއް ލިބޭގޮތެއް ނުވެ އެވެ.
ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މުވައްޒަފުންގެ މައުލޫމާތު ރައީސް އޮފީހުގައި ރައްކާކޮށް ބަލަހައްޓަ އެވެ. ނަމަވެސް އެ މައުލޫމާތު ހޯދަން ހުރިހާ އިން އެދުމުން މީގެކުރިން ރައީސް އޮފީހުން އެ މައުލޫމާތު ނުދީ ދެއްކީ ބަހަނާއެކެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި މުންދު ވަނީ، މެދުއިރުމައްޗާއި ގަލްފުގެ ހަނގުރާމައިން ރާއްޖެއަށް ކުރާ އަސަރުތަކާ ގުޅޭ އިތުރު މައުލޫމާތުވެސް ހިއްސާކުރައްވާފަ އެވެ. އެގޮތުން، ހުރްމޫޒް ކަނޑުއޮޅިން ދަތުރުފަތުރު ނުކުރެވޭ މައްސަލައިގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނޭ މުދަލުގެ ދަތިކަމަށް ތައްޔާރުވުމުގެ ގޮތުން، ޔޫ.އޭ.އީ އިން ރާއްޖެއަށް މުދާ އެތެރެކުރާ މަގުތަކަށް ގެނެވިފައިވާ ބަދަލުތަކަށާއި، ރާއްޖެއަށް މުދާ އެތެރެކުރެވޭނޭ އެހެން މަގުތައް ހޯދުމަށް ވަޒީރުންގެ ހާއްސަ ކޮމިޓީއިން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށްވެސް މުންދު އަލިއަޅުއްވާލެއްވި އެވެ.
ހަނގުރާމައިގެ ސަބަބުން ވައިގެ ދަތުރުފަތުރަށް އައިސްފައިވާ ބަދަލުތަކާ ގުޅިގެން ފަތުރުވެރިކަމަށް ކޮށްފައިވާ އަސަރުގެ މައްޗަށްވެސް އެމަނިކުފާނު ބައްލަވައިލެއްވި އެވެ. އެގޮތުން، މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރި މިންވަރު، މިދިޔަ އަހަރުގެ ތަފާސްހިސާބުތަކާ އަޅައިބަލާއިރު ހީނަރުވެފައިވަނީ 16 އިންސައްތައިން ކަމަށާއި، މިއީ ހަނގުރާމަ ފެށުނިއިރު މަސްއޫލުވެރި އިދާރާތަކުން އަންދާޒާ ކުރި ހިސާބަށް ވުރެ ކުޑަ މިންވަރެއްކަން އެމަނިކުފާނު އުފަލާއެކު ފާހަގަކުރެއްވި އެވެ. އަދި ހޫނު މޫސުމުގެ ޗުއްޓީއާ ގުޅިގެން، ފަތުރުވެރިކަމަށް އަންނަ ބަދަލަށް ތައްޔާރުވުމުގެ ގޮތުން، ރާއްޖެ އާއި ރާއްޖެ އަށް ފަތުރުވެރިން އަންނަ މާކެޓްތަކާ ދެމެދު އުދުހުންތައް އިތުރުކުރުމަށް، އޮޕަރޭޓަރުން ގާތު އެދިވަޑައިގަންނަވާފައިވާކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ބޯހިޔާވަހިކަމަށް އެދުމުގެ ފުރުސަތު އަންނަ މަހު 15އަށް
ހަތަރު ޑައިވަރުންގެ ހަށިގަނޑު މިރޭ އިޓަލީއަށް ފޮނުވާލަނީ
ބަންގްލަދޭޝްގައި ހިމަބިހި ފެތުރި 500 ކުދިން މަރުވެއްޖެ
