ކ. މާފުށީ ކައުންސިލަށް ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރަކު އައްޔަން ކުރައްވައިފި އެވެ.
ކައުންސިލްތަކަށް ޕޮލިޓިކަލް ޑިރެކްޓަރުން އައްޔަން ކުރުމަކީ މީގެ ކުރިން އެއްވެސް ސަރުކާރެއްގައި ކުރި ކަމެއް ނޫނެވެ.
ގައުމުގެ އިގްތިސޯދީ އަދި މާލީ ހާލަތަށް ބަލާއިރު ހަރަދުކުޑަކުރުމުގެ ބަދަލުގައި މި ސަރުކާރުގެ ސިޔާސީ މަގާމުތައް ގިނަވެ، ގިނަ ބަޔަކު ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. މީގެ ކުރިން ދެފަހަރެއްގެ މަތިން ސިޔާސީ މަގާމުތައް މަދުކުރައްވާނެކަން އިއުލާން ކުރައްވައި ރައީސް މުހައްމަދު މުއިއްޒު ވަނީ ސިޔާސީ މަގާމުތައް މަދުކުރައްވާފައިވާކަން އިއުލާނު ވެސް ކުރައްވައިފަ އެވެ.
ނަމަވެސް ވަކިކުރައްވާ މުވައްޒަފުން ދެވަނަ ފަހަރަށް އެހެން މަގާމަކަށް ފަހުން އައްޔަން ކުރައްވާ މަންޒަރު ފެނެ އެވެ.
އޮކްޓޫބަރު 2023 ގައި، ރައީސް މުއިއްޒުގެ ސަރުކާރުގެ އިންތިގާލީ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވެފައި ވަނީ އާ ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު 700 އަށް ވުރެ އިތުރު ނުކުރަން ނިންމާފައިވާ ކަމަށެވެ. އަދި މި އަދަދަކީ ވުޒާރާތަކާއި، ރައީސް އޮފީހާއި، ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސްގެ ގެކޮޅުތައް ހިމެނޭހެން ކަނޑައެޅި އަދަދެއް ކަމަށް އޭނާ އޭރު ވިދާޅުވި އެވެ.
ނަމަވެސް މިފަހުން މިހާރުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވަނީ ސިޔާސީ މަގާމުތަކުގެ އަދަދު 700 ގައި ހިފެހެއްޓުމަކީ ރިޔާސީ ވައުދެއް ނޫން ކަމަށާއި، އެއީ ހަމައެކަނި އިންތިގާލީ މަރުހަލާގެ އަމާޒެއް ކަމަށް ވިދާޅުވެފަ އެވެ.
އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރަނީ ސިޔާސީ މުވައްޒަފުންގެ އަދަދު 2،000 އަށް ވުރެ ގިނަ ކަމަށެވެ.
ދިރާގު އެލީޓް ކްލަބްގެ ޕާޓްނަރަކަށް ވަށްމާފުށި
ޓްރަމްޕަށް ލިބޭ ހަނގުރާމައިގެ ބާރު ހަނިކުރާ ގަރާރު ފާސްކުރަނީ