ޔޫގެންޑާގެ ރައީސް ޔޮވެރީ މުސެވޭނީ، އުމުރުފުޅުން 81 އަހަރުގައި ހަތްވަނަ ދައުރަކަށް ރައީސްކަމުގެ ހުވާ މިއަދު ކުރައްވައިފި އެވެ.
ވެރިރަށް ކަމްޕަލާގައި ސަލާމަތީ ފިޔަވަޅުތައް އިންތިހާއަށް ވަރުގަދަކޮށް ބޭއްވި މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މުސެވޭނީ ވިދާޅުވީ، އޭނާގެ އާ ދައުރުގެ އަމާޒަކީ ވޭތުވެދިޔަ 40 އަހަރުގެ ކާމިޔާބީތަކުގެ މައްޗަށް ބިނާކޮށް، ގައުމުގެ މުއްސަނދިކަން އިތުރުކުރުމާއި އާ ވަޒީފާތައް އުފެއްދުން ކަމަށެވެ.
ނިމިދިޔަ އިންތިޚާބުގައި 70 އިންސައްތައަށް ވުރެ ގިނަ ވޯޓު ހޯއްދެވި މުސެވޭނީގެ މި ދައުރު ހަމަވާނީ 2031 ވަނަ އަހަރެވެ.
މި އިންތިޚާބުގެ ނަތީޖާއާ މެދު މުސެވޭނީގެ މައިގަނޑު ވާދަވެރިޔާ ބޮބީ ވައިން ވަނީ ދެކޮޅު ހަދާފަ އެވެ. 1986 ވަނަ އަހަރު އިދިކޮޅު ލީޑަރެއްގެ ގޮތުގައި ހުންނަވައި ވެރިކަމަށް ވަޑައިގެންނެވި މުސެވޭނީއަކީ، އެފްރިކާ ބައްރުގައި 40 އަހަރަށް ވުރެ ގިނަ ދުވަހު ވެރިކަން ކުރައްވަމުން ގެންދަވާ މަދު ލީޑަރުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. މީގެ ތެރޭގައި ކޮންގޯ-ބްރަޒާވިލް، އިކުއެޓޯރިއަލް ގިނީ އަދި ކެމަރޫންގެ ވެރިން ހިމެނެ އެވެ.
ޔޫގެންޑާއަކީ ދުނިޔޭގެ ނިސްބަތުން އެންމެ ޒުވާން އާބާދީއެއް އޮތް ގައުމަކަށް ވާއިރު، އެ ގައުމުގެ ގިނަ ރައްޔިތުންނަށް މުސެވޭނީ ނޫން އެހެން ރައީސަކު ފެނިފައެއް ނުވެ އެވެ. އޭނާ ރިޓަޔާ ކުރައްވާނެކަން ރަސްމީކޮށް ހާމަނުކުރެއްވި ނަމަވެސް، މަސްރަހު ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި މިއީ އޭނާގެ އެންމެ ފަހު ދައުރެވެ.
ގިނަ ބަޔަކު ލަފާކުރާ ގޮތުގައި މުސެވޭނީއަށް ފަހު ދެން ވެރިކަމަށް ވަޑައިގަންނަވާނީ އޭނާގެ ދަރިކަލުން، އުމުރުން 51 އަހަރުގެ އަސްކަރީ ވެރިޔާ ޖެނެރަލް މުހޫޒީ ކައިނެރޫގާބާ އެވެ. ނަމަވެސް، އިދިކޮޅު ފަރާތްތަކަށް އިންޒާރު ދިނުމަށް ސޯޝަލް މީޑިއާ ބޭނުންކުރާ ގޮތުގެ ސަބަބުން ކައިނެރޫގާބާއަށް އާންމުންގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ.
ނޫސްވެރިކަމަށް ކަޅު ދުވަހެއް: ދެ ނޫސްވެރިއަކު ޖަލަށް!
"މިއީ ޝަރުއީ ދާއިރާއަށް ސަރުކާރުން ނުފޫޒުފޯރުވާކަމުގެ ހެއްކެއް"
450 މީހެއްގެ އަތުން ފްލެޓް އަތުލި ކަމަށް މުއްތަލިބު ވިދާޅުވެއްޖެ