ޕީއެންސީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕުން މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މިއަދު ބޭރުކޮށްލައިފި އެވެ.
އެނގިފައިވާ ގޮތުގައި މިއަދު ހެނދުނު 6:00 އެހާކަންހާއިރު ޕީއެންސީގެ މަޖިލީސް މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕުން ނާޒިމް ވަނީ ބޭރުކޮށްފަ އެވެ. އެ ގްރޫޕްގައި ތިއްބަވަނީ ރައީސް މުހައްމަދު މުއިއްޒާއި ޕީއެންސީގެ މަޖިލީސް މެންބަރުންނެވެ.
އެ ފަހުން، މިއަދު ހެނދުނު މަޖިލީހުގެ ޖަލްސާ ފެށިއިރު ރިޔާސަތުގައި ވެސް އިންނެވީ ނާޒިމެވެ. ނަމަވެސް ކޯރަމް ހަމަނުވެ އަދި ވަނީ ޖަލްސާ ވެސް ނުފެށި އެވެ. ނާޒިމް އިއުލާނުކުރެއްވި ގޮތުގައި 10:00 ގައި ޖަލްސާ ފަށާ ގޮތަށް މިހާރު ވަނީ ލަސްކޮށްފަ އެވެ.
އެ ގްރޫޕުން ނާޒިމް ބޭރުކުރިއިރު، މިދިޔަ މަހުގެ 21 ގައި ވަނީ މަޖިލީހުގެ ބާރުގަދަ ކޮމިޓީތަކުން ވެސް އޭނާ ވަކިކޮށްފަ އެވެ.
މަޖިލީހުގެ ރަސްމީ ވެބްސައިޓުން އެނގޭ ގޮތުގައި މާލިއްޔަތު ކޮމިޓީއާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ ނުވަތަ 241 ކޮމިޓީން ވެސް ނާޒިމް ވަނީ މިދިޔަ މަހު ވަކިކޮށްފަ އެވެ. އޭނާގެ ބަދަލުގައި 241 ކޮމިޓީއަށް އައްޔަންކޮށްފައި ވަނީ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ހަމަދު އަބްދުﷲ އެވެ. އަދި، އޭނާގެ ބަދަލުގައި މާލިއްޔަތު ކޮމިޓީއަށް އައްޔަންކޮށްފައިވަނީ މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހުމަދު ޒަމީރެވެ.
ނޫސްވެރިކަމަށް ކަޅު ދުވަހެއް: ދެ ނޫސްވެރިއަކު ޖަލަށް!
ފައިސާ ނޫޓު ބޭނުންކޮށްގެން އާޓް އުފެއްދުމުގެ ފުރުސަތު
ލޮރެއަލްގެ އާ ރީލްގައި އައިޝްވާރްޔާ ނެތުމުން ސަޕޯޓަރުން ރަތަށް!