ދިވެހި ފިލްމީ ދާއިރާގައި ފާހަގަކޮށްލެވޭ މަގުބޫލުކަމެއް ހޯދާފައިވާ "ޑާކްރެއިން އެންޓަޓެއިންމަންޓް"ގެ އީދު ހަދިޔާއެއްގެ ގޮތުގައި އެ ސްޓޫޑިއޯގެ ބެލުންތެރިންނަށް މަޝްހޫރު ފިލްމު "އަލްވަދާއު" ދޫކޮށްލަން ނިންމައިފި އެވެ.
މިދިޔަ އަހަރު ރިލީޒްކުރި އެ ފިލްމަކީ ގިނަ ބައެއްގެ ތަރުހީބު ލިބުނު އަސަރުގަދަ ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ.
ޑާކްރެއިން އެންޓަޓެއިންމަންޓުން ބުނި ގޮތުގައި، މި ފިލްމު އީދާ ދިމާކޮށް ރިލީޒް ކުރަން ނިންމީ އެމީހުންގެ ވަފާތެރި ސަޕޯޓަރުންނަށް ދޭ ހާއްސަ ހަދިޔާއެއްގެ ގޮތުގަ އެވެ.
އެގޮތުން ޑާކްރެއިންއިން މިހާރު މިވަނީ ގޭގައި ތިބެގެން ފަސޭހަކަމާއެކު އެ ފިލްމު ބަލާލެވޭނެ ގޮތަށް ދިރާގު ޓީވީގެ "ވީޑިއޯ ކްލަބް" އަށް ދޫކޮށްލާފަ އެވެ.
މަރިޔަމް މަޖުދާ (މަޖޫ) އަދި ޝަރަފް އަބްދުﷲ މުހިއްމު ރޯލުތަކުން ފެނިގެންދާ "އަލްވަދާއު"އަކީ މުހައްމަދު އަލީ (މޮގާ)އާއި އާއިޝަތު ތައުފީގު ޕްރޮޑިއުސްކޮށް އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓް ކޮށްފައިވާ ފިލްމެކެވެ.
މި ފިލްމަކީ ލޯބީގެ އަސަރުގަދަ ވާހަކައެއްގެ މައްޗަށް ބިނާ ކޮށްފައިވާ ބެލުންތެރިންގެ ލޮލުން ކަރުނަ ފާއްދާލާނެ ކަހަލަ ފިލްމެއް ކަމަށް ޑާކްރެއިންއިން ބުނެ އެވެ.
"އަޅުގަނޑުމެން ބޭނުންވީ މި އުފާވެރި އީދުގައި ބެލުންތެރިންނަށް ގޭގައި ތިބެގެން ބަލާލެވޭނެ ރީތި ފިލްމެއް ހަދިޔާ ކުރަން. 'އަލްވަދާއު' އަކީ އެންމެންގެ ހިތްތަކާ ކުޅެލާނެ ފިލްމަކަށް ވާނެ."
ކޮންމެއަކަސް، މިއަހަރުގެ އީދު ފާހަގަކުރާއިރު، މި ހިތްގައިމު އުފެއްދުން ބަލާލުމަކީ ދިވެހި ފިލްމުތަކަށް ލޯބިކުރާ ފަރާތްތަކަށް ލިބޭނެ ބޮޑު އުފަލެކެވެ. ދިރާގު ޓީވީގެ ވީޑިއޯ ކްލަބް ސަބްސްކްރައިބް ކޮށްލައިގެން މިހާރު މި ފިލްމު ބަލާލެވޭނެ އެވެ.
"އެސްއެމްއީ 360" އިފްތިތާހުކޮށްފި
ބާ ކައުންސިލުން ނޫސްވެރިންނަށް ހިލޭ ގާނޫނީ އެހީތެރިކަން ދެނީ
މުއިއްޒަށް ގަޒުފް ކުރި ކަމަށް ތުހުމަތުކޮށް އާސިފް ހާޒިރުކުރަނީ