އަދަދު ނޫހުން ނެރުނު އައިޝާ ޑޮކިޔުމެންޓްރީއާ ގުޅިގެން ކްރިމިނަލް ކޯޓުން އަމުރު ނެރުނީ ގާނޫނީ އަސާސެއް ނެތި ކަމަށް ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މުއިއްޒު ވިދާޅުވީ ފަނޑިޔާރުން ގޮތް ނިންމަންވާނީ ގާނޫނާއި ގާނޫނު އަސާސީއާ އެއްގޮތަށް ކަމަށެވެ. ވަކި ގޮތަކަށް ކަނޑައަޅާފައި ނުވާ ކަންތައްތަކުގައި އިސްލާމީ ޝަރީއަތާ އެއްގޮތަށް ނިންމަން ގާނޫނުއަސާސީގެ 142 ވަނަ މާއްދާ ލާޒިމް ކުރާ ކަމަށެވެ.
ކޯޓުގެ ހުރުމަތް ނަގާލުމުގެ އަމުރު ނެރެފައިފައިވަނީ ގާނޫނީ ނައްސެއްނެތި އަދި ނުބައިކޮށް ސުޕްރީމް ކޯޓުގެ ދެއަމުރެއް ތަރުޖަމާކޮށްގެން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ޖަމީލް ވިދާޅުވީ ޖުމްލަކޮށް ސިޔާސީ ޕާޓީއަކަށް ނުވަތަ އާންމު ރައްޔިތުންނަށް ނިސްބަތްކޮށް "ކޯޓްތަކުގެ ހުރުމަތް ނަގާލުމޭ ކިޔާ މިގޮތަށް އަމުރު ކުރުމުގެ ބާރު" ކޯޓްތަކަށް ލިބިގެން ނުވާ ކަމަށެވެ.
"އެއީ ޖުޑިޝަލް ނިޒާމު މަސައްކަތްކުރާ ގޮތެއްވެސް ނޫން. މިއީ ކްރިމިނަލް ކޯޓުން ގާނޫނީ ބާރު ނެތި ކޮށްފައިވާ ގާނޫނީގޮތުން ގޯސް އަމުރެއް. އެކޯޓަށް މިފަދަ އަމުރެއް މިގޮތަށް ނެރުމުގެ ގާނޫނީ ބާރެއް ލިބިގެނެއް ނުވޭ. ފަނޑިޔާރުން މަސައްކަތްކުރަންވާނީ އެއްވެސް ފަރާތެއްގެ ނުފާޒާއި ބިރެއް ނެތިކަމަށް ގއ ގެ 142 ވަނަ މާއްދާގައި ބުނަނީ މިފަދަ ކަންތަކުގައި ރައީސަކަށް ވީތީ ނުވަތަ ވަކި މީހަކަށްވީތީ ކޯޓުގެ ނިޒާމު ނަހަމަ ގޮތުގައި ބޭނުންކުރަން ޖާގަ ނުދިނުމަށެވެ،" ޖަމީލްގެ ޕޯސްޓްގައިވެ އެވެ.
މިކަމުގެ ސަބަބުން ޖިނާއީ އަދުލުގެ ނިޒާމާ މެދު ރައްޔިތުން އިތުބާރު ނުކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ބޭނުންވަނީ ބަހުގެ އިތުބާރު އޮންނަ ޗެއާޕާސަނެއް: މީކާއީލް
33 އަހަރު ކުރީގެ ފިލްމެއް ނެޓްފްލިކްސް ޗާޓުގެ އެންމެ ކުރީގައި!
