ޅ. ނައިފަރުގައި ކޮވިޑް-19 އަށް ފަރުވާ ދެމުންދިޔަ ދިވެހި ފިރިހެނަކު މަރުވެއްޖެ އެވެ.
އެޗްއީއޯސީއިން ބުނީ، މިއަދު މެންދުރު 12:30 އެހާކަންހާއިރު ނައިފަރު ހޮސްޕިޓަލްގައި ފަރުވާދެމުންދިޔަ 83 އަހަރުގެ ފިރިހެނަކު މަރުވެފައިވާ ކަމަށެވެ. އެ މީހާ މަރުވެފައި ވަނީ ކޮވިޑް ބަލީީގައި ކަމަށާއި، މިއީ ރާއްޖެއިން މި ބަލީގައި މަރުވި 76 ވަނަ މީހާ ކަމަށެވެ.
ރޭގެ ވަގުތެއްގައި ވެސް ރާއްޖެއިން ވަނީ ކޮވިޑް ބަލީގައި މީހަކު މަރުވެފަ އެވެ. މިއަދު ނައިފަރުން މީހަކު މަރުވިއިރުވި އެއް ދުވަސް ތެރޭގައި މިވަނީ ދެ މީހުން މަރުވެފަ އެވެ.
މާލޭގަ އާއި އަތޮޅު ތެރޭގައި ކޮވިޑު ހަލުވިކަމާއެކު ފެތުރެމުންދާތީ ބައެއް ފިޔަވަޅުތައް ވަނީ ހަރުކަށިކޮށްފަ އެވެ. ނަމަވެސް މި މަސް ނިމެންދެން ހަލުވި ކަމާއެކު ކޮވިޑު ފެތުރެމުންދާނެ ކަމަށް އެޗްއީއޯސީއިން ވަނީ ބުނެފަ އެވެ.
އޭސީޕީ ޝިފާންގެ މައްސަލައެއް ބަލަނީ
ރާއްޖެ އާއި ލަންކާއާ ދެމެދު ހަތް އެއްބަސްވުމެއްގައި ސޮއިކޮށްފި
ވިއްސާރައިރު ދުޅަހެޔޮ ސިއްހަތަކަށް ކުރަންޖެހޭ 5 ކަމެއް!