ދިރާގުގެ އެލީޓް ކްލަބްގެ ޕާޓްނަރެއްގެ ގޮތުގައި އީޒްއެޕް ސޮއިކޮށްފި އެވެ. މި ޕާޓްނާޝިޕްގެ ދަށުން، ދިރާގުގެ އެލީޓް ކްލަބްގެ މެންބަރުންނަށް އީޒްއެޕް މެދުވެރިކޮށް %5 އިން %15 އާ ހަމައަށް ހާއްސަ ޑިސްކައުންޓްތައް ލިބިގެންދާނެ ކަމަށް ދިރާގުން ވަނީ ބުނެފަ އެވެ.
އީޒްއެޕް އަކީ ރާއްޖޭގެ ވިޔަފާރިތަކާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތައް އެއް ޑިޖިޓަލް މަންސައަކުން ގުޅުވައިދިނުމަށް ތައާރަފުކުރެވުނު ފުރަތަމަ މަލްޓި-ސާވިސް "ސުޕާ އެޕް" އެވެ. އާންމު ދިރިއުޅުމުގެ ކަންކަން ލުއިފަސޭހަކޮށް، ހަލުވިކަމާއެކު ހިދުމަތްތައް ފޯރުކޮށްދިނުމަށް ފަރުމާކޮށްފައިވާ މި އެޕް މެދުވެރިކޮށް، ކާބޯތަކެއްޗާއި ގްރޯސަރީ ޑެލިވަރީގެ އިތުރުން، އެކި ހިދުމަތްތަކަށް ފަސޭހަކަމާއެކު އެދެވޭނެއެވެ. މިއީ ހިދުމަތް ބޭނުންވާ ފަރާތްތަކާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކާ ދެމެދު އޮންނަ ގުޅުން ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ހަރުދަނާކޮށްދޭ، އިތުބާރު ހުރި ޑިޖިޓަލް ޕްލެޓްފޯމެކެވެ.
އީޒެޕް މެދުވެރިކޮށް ވިޔަފާރިކުރާ ދިރާގު އެލީޓް ކްލަބްގެ މެންބަރުންނަށް، ޕްރޮމޯ ކޯޑް ބޭނުންކޮށްގެން ޑިސްކައުންޓް ލިބޭގޮތަށް ވަނީ ހަމަޖައްސާފަ އެވެ. މީގެ ތެރެއިން ބްލޫ އަދި ގޯލްޑް ޓިއާގެ މެންބަރުންނަށް ދުވާލަކު ދެ ފަހަރު މި ކޯޑު ބޭނުންކުރެވޭއިރު، ޕްލެޓިނަމް ޓިއާގެ މެންބަރުންނަށް ދުވާލަކު ތިން ފަހަރާ ހަމައަށް މި ކޯޑު ބޭނުންކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ. އެލީޓް ކްލަބް ކަސްޓަމަރުންނަށް ޕްރޮމޯ ކޯޑްގައި ޖެހުމަށް ބޭނުންވާ ޑިސްކައުންޓް ކޯޑު، ދިރާގު އެޕްގެ އެލީޓް ކްލަބް ޕޭޖުގައިވާ އީޒެޕް ބެނާ އިން ލިބިގެންދާނެއެވެ.
ދިރާގު އެލީޓް ކްލަބް ޕްރޮގްރާމް ފަރުމާކޮށްފައިވަނީ ދިރާގުގެ ކަސްޓަމަރުންގެ އަގުވަޒަންކޮށް އެ ކަސްޓަމަރުންނަށް އަގުހުރި އޮފަރތަކުގެ އެހީގައި ކަސްޓަމަރުންގެ ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދީ، ދިރާގާއި ކަސްޓަމަރުންގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމުގެ މަގުސަދުގަ އެވެ. އަދި، ދިރާގުން ދަނީ ދިރާގުގެ އެލީޓް ޕާޓްނަރުންނާ ގުޅިގެން މި ފަދަ އިތުރު ފައިދާތައް ހޯދައިދިނުމަށް މަސައްކަތްކުރަމުންނެވެ.
ބީއެމްއެލް އިން އިތުރު 30 ވީލްޗެއާ ހަދިޔާކޮށްފި
ސިނގިރޭޓުން ޑިއުޓީ ކުޑަކުރަނީ ވައްކަންކޮށް ނިމުމުން: އިދިކޮޅު
ސަރުކާރުގެ ފަސް ކުންފުންޏެއްގެ ބޯޑަށް ބަދަލު ގެނެސްފި