ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ގުދަނެއްގައި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއުގެ 'އޮފިޝަލް އިވެންޓްސް' ކުންފުނީގެ ތަކެތި ބެހެއްޓީ ސީއެސްއާރްގެ ދަށުން ބޭއްވި އިވެންޓަކަށްފަހު ކަމަށް ޝުޖާއު ވިދާޅުވެއްޖެ އެވެ.
'އަދަދު' ނޫހުން މިއަދު ރިޕޯޓްކުރި ހަބަރުގައި ހިމެނޭ ފޮޓޯއިން ސައުންޑް ސިސްޓަމާއި، ލައިޓިންއަށް ބޭނުުންކުރާ ތަކެއްޗާއި އެކި ވައްތަރުގެ ގޮނޑި މޭޒުގެ އިތުރުން އިވެންޓްތަކަށް އާންމުކޮށް ބޭނުންކުރާ އިލެކްޓްރޯނިކް ސާމާނު ފެނެ އެވެ. އެއީ ސުޖާއުގެ ކުންފުނީގެ ތަކެތި ކަމަށް އެ ނޫހުން ކަށަވަރުކަމާއެކު ރިޕޯޓްކޮށްފަ އެވެ.
މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝުޖާއު ވަނީ އެއީ އޭނާގެ ކުންފުނީގެ ތަކެތި ކަމަށް އެއްބަސްވެފަ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝުޖާއު ވިދާޅުވީ ފޮޓޯއިން ފެންނަނީ ޕީއެސްއެމްގެ ނިމިދިޔަ ޤުރްއާން މުބާރާތާއި މަދަހަ މުބާރާތުގެ އިވެންޓަށް ގެންދިޔަ ސާމާނު ކަމަށެވެ.
އެއީ އެ ކުންފުނީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިޕިލިޓީ (ސީއެސްއާރު) ނުވަތަ އިޖުތިމާއީ ޒިންމާއެއްގެ ގޮތުގައި ކުރި މަސައްކަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އޮފިޝަލް އިވެންޓްސްގެ މުދާ ހުންނާނެ ކަމަށާއި މުދާ ރައްކާކުރަނީ އެ ގުދަންތަކުގައި ކަމަށް ޝުޖާއު ވިދާޅުވި އެވެ.
ޝުޖާއުގެ ކުންފުންޏާ ގުޅޭ ކޮރަޕްޝަންގެ މައްސަލަތަކެއް އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން އާންމުކުރި ރިޕޯޓަކުން ވަނީ ހާމަވެފަ އެވެ.
އީރާނާއެކު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް
މެޓް ގާލާ: ބައިވެރިންނަށް މަނާ ކުރެވިފައިވާ 8 ކަމެއް!
ބްރެޑްއާ ދެކޮޅަށް އެންޖެލީނާއަށް ބޮޑު މޮޅެއް!
