ރައީސް އޮފީހުގެ ކުރީގެ މުވައްޒަފު އައިޝަތު އީޝާ އަޝްރަފަށް އެ އޮފީސް ތެރޭގައި ޖިންސީ ގޯނާ ލިބުނު ގޮތުގެ ތަފްސީލް ވިކްޓިމެއްގެ ހައިސިއްޔަތުން ކިޔައިދޭން ނިންމާފައިވާ ކަމަށް އޭނާގެ ގާނޫނީ ވަކީލު ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.
ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން އީޝާ މިރޭ ވަނީ ހުޅުމާލެ ޕޮލިސް ސްޓޭޝަނަށް ހާޒިރުކޮށްފަ އެވެ.
އަދަދު ނޫހުން ހެދި "އީޝާ" ޑޮކިއުމަންޓްރީއާ ގުޅިގެން ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި އީޝާގެ ގާނޫނީ ވަކީލު އަދި ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ އީޝާ އަކީ ވިކްޓިމެއް ކަމަށާއި ފިރިހެން މީހާ ފޮނުވާފައިވާ މެސެޖްތަކާއި ކޮށްފައިވާ ކޯލްތަކުގެ ތަފްސީލާއެކު އީޝާ ކަން ހިނގި ގޮތް ފުލުހުންނަށް ކިޔައިދޭނެ ކަމަށެވެ.
ޝަމީމް ވިދާޅުވީ މާދަމާގެ ވަގުތެއްގައި ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ، ކަންހިނގިގޮތުގެ ތަފްސީލް ކިޔައިދޭން އީޝާ ތައްޔާރަށް ހުރިކަން ފުލުހުންނަށް އަންގައިފައިވާނެ ކަމަށެވެ.
އީޝާ ހާޒިރުކުރަނީ ރައީސް މުހައްމަދު މުއިއްޒަށް ގަޒުފުކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގަ އެވެ.
ރައީސް މުއިއްޒުގެ ނަން ވިދާޅު ނުވެ ޝަމީމް ވިދާޅުވީ އެ މައްސަލާގައި ހިމެނޭ ފިރިހެން މީހާގެ ބަޔާން ނަގާފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި ކުރެވޭ ތުހުމަތުތަކަށް ފިރިހެން މީހާ އިންކާރު ކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވާ ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.
އެ ވިދާޅުވާ ފިރިހެން މީހާ އަކީ ރައީސް މުއިއްޒެވެ.
ޝަމީމް ވިދާޅުވީ ފުލުހުންނަށް މައުލޫމާތު ދިނުމަށްފަހު އީޝާ ވިކްޓިމަކަށް ވީގޮތް ތަފްސީލުކޮށް ކިޔައިދޭނެ ކަމަށެވެ.
"ވަޒީފާގެ މާހައުލުމުގައި މިކަންކަން ވުމަކީ ވަރަށް އާއްމުކަމެއް. އަޅުގަނޑުމެން ބޭނުންވަނީ މިކަހަލަ ކަންތައްތައް ހުއްޓެން. މިއީ އެއްގޮތަކަށް ވެސް ހިނގައިގެން ވާނެ ކަންތައްތަކެއް ނޫން. އެހެން މީހުންނަށް ވެސް އެނގެންވީ މިކަހަލަ ސަކަރާތް ނުޖަހަން!" އީޝާއަކީ އެ މައްސަލައިގައި "ވިކްޓިމް"އެއް ކަމަށް ވިދާޅުވެ ޝަމީމް ވިދާޅުވި އެވެ.
އީޝާ ފުލުހަށް ހާޒިރުވާން ޗިޓް ފޮނުވައިފި
ނެބިހޫރުގެ ވާހަކަ އަސްލަކަށް ބަލައިގެން އެވައްތަރަށް ހަދާފައިވާ ޑައިލޯގު ކުޅުނު މީހާ ތީ
ރިޕްލައިސާޖިދާ ވަރި ކުރާނެ. މިހާރު މައްސަލަ ގޯސްވާނެ. މަޖިލީހުން މުޢިއްޒު ވަކި ކުރޭ.
ރިޕްލައިތިޔަބުނާ ކޯލްތަކާއި ފޮނުވި މެސްޖްތައް ހުށަނާޅާ ދައްކާކޮންމެ ވާހަކައަކީ ހަގީގަތެއް ނެތް އެއްޗެއް. ދޮގު ބަހަނާ. ތިޔަ ކޯލްތަކާ މެސެޖް ފުލުހަށް ހުށަނާޅަން އުޅެނީ ކީއްވެ
ރިޕްލައިމުއިއްޒު ހިތަށް އަރާނެ މިހާރު މި މަންޖެއާ ކައިރި ނުވެވުނު ނަމައޭ. ރަނގަޅު ބޮނޑިއެއް ބޮވިފަ ހުންނާނެ. ސާޖިދާ ވެސް އަޅެ މީނާ ކައިރިން ސަލާމަތްވާން ވެއްޖެއެއްނުން.
ރިޕްލައިގައުމުގެ ވެރިޔާ ހަލާކު ކޮއްފަ މިހާރު އެ ދިމާކުރަނީ ގައުމުގެ އިސް ފަނޑިޔާރާއި ކުރިމަތިލާށެވެ.ތެދެއް ބުނާކަށް ބަހެއްނެތް ބޭސްކާއިގެން ހުރުމަކީ ބުއްދިވެރިންގެ ކަމެއް
ރިޕްލައިފިރިހެނުން ދައްކާ ލޯބީގެ ދަޅަތަކުގައި ނުޖެހި ޢިއްފަތްތެރިވާން ވެސް އަންހެނުން ދަސްކުރަންވެއްޖެ. އަބުރާއި ޢިއްޒަތް ރައްކާތެރި ކުރުމުން އިންނާނެ ރަނގަޅު މީހުން ވާނެ. ވިސްނަންވީ އަހަރެމެން ދެކެ ލޯބިވާ މީހަކު ހަލާކު ނޫން ގޮތުގައި އެފަދަ ބޭނުމެއް ނުހިފާނެކަން އަހަރެމެންގެ ފަރާތުން.
ރިޕްލައި