އޭޑީކޭ ހޮސްޕިޓަލްގެ ހިދުމަތްތައް ފުޅާކުރުމުގެ ގޮތުން 13 ފަންގިފިލާގެ އިމާރާތެއް ތަރައްގީކުރުމުގެ މަސައްކަތް ފަށައިފި އެވެ.
މާލޭގައި ހުންނަ އޭޑީކޭ ހޮސްޕިޓަލުގެ ގޯތި ތެރޭގައި ތަރައްގީކުރާ މި އިމާރާތުގައި ޕާކިންއަށް ހާއްސަ ޖާގަތަކާއި މެޑިކަލް އަދި ކޮންސަލްޓޭޝަން ރޫމްތައް ހުންނާނެ އެވެ.
އޭޑީކޭއިން ހުށަހަޅާފައިވާ ޑިވެލޮޕްމަންޓް ޕްލޭންގައިވާގޮތުން ބިންގަރާހެއް ހުރެ އެވެ. ތިރީ ބުރީގައި ހުންނަނީ ލޮބީ އާއި މެކޭނިކަލް ޕާކިން އެކްސެސް އާއި އެމްބިއުލާންސް ޕާކިންގެ އިތުރުން ފާމަސީ އެވެ. އެއް ވަން ބުރިން ފެށިގެން ތިން ވަނަ ބުރިއާ ހަމައަށް ހުންނަނީ ކޮންސަލްޓޭޝަން ރޫމުތަކެވެ. އޭގެ މަތީ ބުރިތަކުގައި ހުންނަނީ އެޑްމިޓްކޮށްގެން ފަރުވާދޭ އިންޕޭޝަންޓް ކޮޓަރިތަކެވެ.
މި އިމާރާތުގެ ސަބަބުން ހޮސްޕިޓަލުގެ އެނދުގެ ކެޕޭސިޓީ އިތުރުވާނެ އެވެ. ހިދުމަތްތައް އިތުރުކުރަން ޖާގަ ތަނަވަސްވާނެ އެވެ. މި އިމާރާތާއެކު އެ ހޮސްޕިޓަލުގެ ފެންވަރު އިތުރަށް ރަނގަޅުވާނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
މި މަޝްރޫއަށް 119 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އޭޑީކޭ އިން ބުންޏެވެ. މި ތަނުގެ މަސައްކަތް ނިމި ބޭނުންކުރެވޭނެ ކަމަށް އަންދާޒާކުރެވެނީ 2029 ގެ ކުރީކޮޅެވެ.
ގުގުރާނެތީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން އަންގައިފި
ޗެއާޕާސަންގެ އިންތިހާބުގެ ޓައިމްލައިން ބާތިލްކޮށްދިނުމަށް ކޯޓަށް
