އިންތިހާބީ ކައުންސިލަރުން ހުވާކުރުމާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުން އިގްރާރުވުމުގެ ދަރުބާރު ކުރިއަށްގެންދަންޖެހޭގޮތުގެ އުސޫލު އެލްޖީއޭއިން އާންމުކޮށްފި އެވެ.
އިންތިހާބީ ކައުންސިލަރުން ހުވާކުރުން އޮންނާނީ މިމަހުގެ 17ވަނަ ދުވަހު އެވެ.
އެލްޖީއޭއިން އާންމުކޮށްފައިވާ އުސޫލުގައި ބުނެފައިވަނީ ރަށުގެ ވީހާވެސް ގިނަ ރައްޔިތުން ރަސްމިއްޔާތުގައި ބައިވެރިކުރުމަށްޓަކައި މިމަހުގެ 10ވަނަ ދުވަހުން ފެށިގެން ރަށުގައި އާއްމުކޮށް އިއުލާންކުރަންޖެހޭނެކަމަށެވެ. ރަށުގައި ހިނގަމުންދާ ސަރުކާރުގެ އިދާރާތަކަށް އެ ތަންތަނުގެ މުވައްޒަފުން ދަރުބާރަށް ވަޑައިގަތުމަށް ދައުވަތު ދޭންވާނެކަމަށް އުސޫލުގައިވެ އެވެ.
ފަނޑިޔާރަކު ނެތް ރަށެއްނަމަ ދަރުބާރަށް ވަޑައިގަންނަވާ ފަނޑިޔާރަށް އިސްތިގްބާލުކުރުމުގެ އިންތިޒާމު ހަމަޖައްސަންވާނެކަމަށް ވެސް އުސޫލުގައިވެ އެވެ.
ރަށުގައި ފަނޑިޔާރަކު ނެތްނަމަ ނުވަތަ ހުވައި ކުރުމުގެ ދަރުބާރު އޮންނަ ވަގުތަށް ފަނޑިޔާރަކު ރަށަށް ނުގެނެވި އޮންލައިންކޮށް ހުވާލައިދޭ ހާލަތުގައި އެ އިންތިޒާމް ހަމަޖައްސައި އޮންލައިންކޮށް ރަސްމިއްޔާތުގައި ބައިވެރިވުމަށް ބޭނުންވާ މައުލޫމާތު ލަސްވެގެން ރަސްމިއްޔާތު ބޭއްވުމުގެ އެއް ދުވަސް ކުރިން ފަނޑިޔާރަށް ލިޔުމުން އަންގަންޖެހޭނެ ކަމަށް ވެސް އެ އުސޫލުގައިވެ އެވެ.
ރަސްމިއްޔާތުގެ ފޮޓޯ މަގޭ ކައުންސިލް ޕޯޓަލަށް ލަސްނުކޮށް އަޕްލޯޑްކުރުމާއި ޕޯޓަލްގައި ބަޔާންކޮށްފައިވާ މައުލޫމާތު ފުރިހަމަކުރަންވާނެކަމަށް އެ އުސޫލުގައި ވަނީ ބުނެފަ އެވެ. މީގެއިތުރުންވެސް ރާއްޖޭގައި ހިންގާ ޓީވީ ޗެނަލްތަކާއި، ރޭޑިއޯ އަދި ނޫސް އިދާރާތަކަށް ދަރުބާރުގެ ފޮޓޯ އާއި ވީޑިއޯ ފޮނުވަންޖެހޭނެކަމަށް ބުނެފައިވެ އެވެ.
ކައުންސިލާއި ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ނިމުމަށްފަހު ލަސްވެގެން ތިން ގަޑިއިރު ތެރޭގައި މަގޭ ކައުންސިލް ޕޯޓަލްގައި ކައުންސިލަރުންނާއި އަންހެނުންގެ ކޮމިޓީގެ މެންބަރުންގެ މައުލޫމާތު އަޕްޑޭޓްކުރަންވާނެ ކަމަށް ވެސް އެ އުސޫލުގައިވެ އެވެ.
އިންތިހާބީ ކައުންސިލަރުން ހުވާކުރުން ހުރިހާ ރަށެއްގައި ކުރިއަށްދާނީ އެއްވަގުތެއްގަ އެވެ.
އީރާނު ހަނގުރާމަ ނިމިފައިވާކަން ކޮންގްރެސްއަށް އަންގައިފި
ޗެއާޕާސަންގެ އިންތިހާބު ފަސްކުރަން ގަޕޯ ހުށަހަޅުއްވައިފި
ސައިފްގެ "ކަރްތަވްޔާ" 15 މެއި ގައި ނެޓްފްލިކްސްއަށް އަންނަނީ
