އަންނަ ޖޫން މަހުގެ ހަ ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވަނީ އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އާއި ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރު އަހްމަދު ސައީދު އެކަނިކަން ކަށަވަރުވެއްޖެ އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ބައި އިލެކްޝަންގައި ވާދަކުރުމުގެ ސުންގަޑި މިއަދު ހަމަވިއިރު، ކުރިމަތިލެއްވީ އެ ދެ ބޭފުޅުން އެކަނި ކަމަށެވެ. އެ ކޮމިޝަނުން ވަނީ އެ ދެ ބޭފުޅުންގެ ކެންޑިޑެސީ ގަބޫލުކޮށް ރަސްމީކޮށް އެކަން އަންގާފަ އެވެ.
ސޯބެ ވާދަކުރައްވަނީ އިދިކޮޅު އެމްޑީޕީގެ ޓިކެޓްގަ އެވެ. އެމްޑީޕީގެ ޕްރައިމަރީއަށް ހުޅުވާލުމުން ޝައުގުވެރިކަންފާޅުކުރެއްވީ ވެސް އޭނާ އެކަންޏެވެ.
ކުރިން ޕީއެންސީން ހަމަޖެއްސީ ގޮނޑި ގެއްލުނު މުހައްމަދު ސިނާން އަލުން އެ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާ ގޮތަށެވެ. އެއީ އެ ޕާޓީގެ ޕްރައިމަރީ އޭނާ ކާމިޔާބު ކުރެއްވުމުންނެވެ. ނަމަވެސް ސިނާން ވަނީ އިންތިހާބުގައި ވާދަކުރައްވަން ބޭނުންނުވާކަމަށް ފަހުން ވިދާޅުވެފަ އެވެ. އެހެންވެ، ޕްރައިމަރީން ބަލިވި ސައީދަށް ޓިކެޓް ދިނުމަށް އެ ޕާޓީން ނިންމީ އެވެ.
އީރާނަށް އަލުން ހަމަލާދީފާނެ ކަމުގެ އިންޒާރު ޓްރަމްޕް ދީފި
ޓޮމާޓޯ ރަނގަޅަށް ކެވޭނަމަ ހަށިގަނޑަށް ގިނަ ފައިދާތަކެއް ލިބޭ
