އިލެކްޝަންސް ކޮމިޝަނުގެ ރައީސް މުހައްމަދު ޒާހިދު އެ ކޮމިޝަނުގެ މެންބަރުކަމުން އިސްތިއުފާ ދެއްވައިފި އެވެ.
"ހުރިހާ"އަށް އެނގިފައިވާ ގޮތުގައި ޒާހިދު އިސްތިއުފާދެއްވީ ސަރުކާރުގެ ނުފޫޒާއެކު ކެތް ނުކުރެވިގެންނެވެ. މިގޮތުން ސިޔާސީ ޕާޓީތަކުން ސަރުކާރާ ދެކޮޅަށް ހިންގާ ހަރަކާތްތަކާ ގުޅިގެން ފިޔަވަޅު ނޭޅުމުން ޒާހިދު އަށް ސަރުކާރުން ޕްރެޝާކުރަމުންދާ ކަމަށްވެ އެވެ.
އެ ކޮމިޝަނުގެ ރައީސްގެ މަގާމަށް ޒާހިދު އައްޔަން ކުރީ ޖެނުއަރީ، 2025، ގަ އެވެ.
ޒާހިދު ވަނީ ރައީސް މުހައްމަދު މުއިއްޒާއެކު ޑިސެމްބަރު، 2025، ގައި ރައީސް އޮފީހުގައި ބައްދަލުވުމެއް ބާއްވައިފަ އެވެ. ނަމަވެސް އެ ބައްދަލުވުމުގައި މަޝްވަރާ ކުރީ ކޮން ކަމަކާ ބެހޭ ގޮތުން ކަމެއް ސާފެއް އޭރު ނުވި އެވެ.
މި ސަރުކާރުން މަޖިލީހަށް ހުށަހަޅައިގެން ގާނޫނަށް ގެނައި ބަދަލާއެކު އިލެކްޝަންސް ކޮމިޝަނުގެ ރައީސްކަމަށް ބޭފުޅު އައްޔަންކުރެއްވުމުގެ ބާރު ލިބިގެންވަނީ ރައީސުލްޖުމްހޫރިއްޔާ އަށެވެ.
ފުރަތަމަ ކުއާޓާގައި ދެ މިލިއަން މީހުން ވީއައިއޭއިން ހިދުމަތް ހޯދި
ލަވަކިޔުންތެރިޔާ ޑޭވިޑް އަންހެން ކުއްޖަކު މަރާލި މައްސަލައެއް
އީރާނުގެ ހަނގުރާމަ ނިމިފައިވާ ކަމަށް އެމެރިކާއިން ބުނެފި