އިދިކޮޅު އެމްޑީޕީގެ މަޖިލިސް މެންބަރުން އެންމެ ބޮޑަށް ފާޑުވިދާޅުވި ބައެއް ވަޒީރުންނަށް ރުހުންދޭން އެ ޕާޓީގެ ބައެއް މަޖިލިސް މެންބަރުން ވޯޓުދެއްވާފައިވާތީ، ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވާން ފަށައިފި އެވެ.
އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން ރުހުންދޭން ފެންނަ ކަމަށް ވޯޓު ދެއްވި ވަޒީރުންގެ ތެރޭގައި ހޯމް މިނިސްޓަރު އަލީ އިހްސާން ހިމެނިވަޑައިގަންނަވަ އެވެ.
އިހްސާނަކީ ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކޮށްގެން ވެރިކަންކުރާ ޕީއެންސީއަށް މެންބަރުން ވައްދާފައިވާ ބޭފުޅެއް ކަމަށް އެމްޑީޕީން ވަނީ މީގެކުރިން ތުހުމަތުކޮށްފަ އެވެ.
މިކަމާ ގުޅޭގޮތުން އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެން ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއީލް އަހްމަދު ނަސީމް ވިދާޅުވީ އިހްސާނަށް ރުހުންދޭން ފެންނަ ކަމަށް އޭނާ ވޯޓުދެއްވާފައިނުވާނެ ކަމަށެވެ.
ބައެއް މެންބަރުން ރުހުންދޭން ފެންނަ ކަމަށް ވޯޓުދެއްވި މައްސަލައަށް އިޝާރާތްކުރައްވައި މީކާއީލް ވިދާޅުވީ އެފަދަ ކަންތައްތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އޭނާއަށް ޗެއާޕާސަންކަން ލިބިއްޖެނަމަ ބައެއް ބަދަލުތައް ގެންނާނެ ކަމަށެވެ.
މީކާއީލްގެ ވާހަކަތަކަށް ފާޑުވިދާޅުވަމުން އެމްޑީޕީގެ ކުރީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވިދާޅުވީ ޕާލަމެންޓްރީ ގްރޫޕްގެ ނިންމުން ބަދަލުކުރަން އެމްޑީޕީގައި އެތައް މަގެއްވާނެ ކަމަށެވެ. އަދި އެފަދަ އަމަލުތަކުގެ ސަބަބުން ޕާޓީއަށް ލިބޭނީ ނިކަމެތިކަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިހްސާނަށް ރުހުންދޭން ފެންނަ ކަމަށް ވޯޓުދެއްވި މާވަށު ދާއިރާގެ މެންބަރު އަހްމަދު ޝާކިރު ވަނީ އެ ނިންމުން ދިފާއު ކުރައްވާފަ އެވެ. ޝާކިރު ވިދާޅުވީ މި ސަރުކާރުގެ ހަލާކަށް ވާނެ ބަޔަކު ކެނިނެޓްގައި ތިބުމަކީ ރިޔާސީ އިންތިހާބު ކާމިޔާބުކުރަން އެމްޑީޕީއަށް ފަސޭހަވެދާނެ ކަމެއް ކަމަށެވެ.
އިހްސާނަށް ރުހުންދޭން ފެންނަ ކަމަށް އެމްޑީޕީގެ އަށް މެންބަރަކު ވޯޓުދީފައިވެ އެވެ. އެކަމާ ގުޅިގެން އެ ޕާޓީގެ ބައެއް ސަޕޯޓަރުން އަންނަނީ ނުރުހުންފާޅުކުރުމުގެގޮތުން އެކި ޝުއޫރުތައް ފާޅުކުރަމުންނެވެ.
އީރާނުން ވިޔަފާރީގެ މުޅިން އެހެން އުކުޅުތަކެއް، ޓްރަމްޕް ވާނުވާގަ
ފިއުލް ސްޓޯރޭޖްތައް ގާއިމްކުރަން ދެ ފަޅެއް ބަލަނީ
މިފްކޯގެ އެމްޑީ ކަމަށް ޕީސީބީގެ ކުރީގެ ރައީސް އަނަސް
