އީރާނުގެ އަސްކަރިއްޔާއިން ހަނގުރާމައަށް ފުރިހަމައަށް ތައްޔާރުވެފައިވާކަން ހާމަކޮށް، އެމެރިކާ އާއި އިޒްރޭލަށް އަމާޒުކޮށް ވަރުގަދަ އިންޒާރެއް މިއަދު ދީފި އެވެ.
އީރާނުގެ ރަސްމީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ގައުމުން އޮތީ ކުރިމަތިވެދާނެ ކޮންމެ ހަމަލާއަކަށް ރައްދު ދޭން ތައްޔާރަށެވެ.
އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އާ ހަވާލާދީ އީރާނުގެ ރަސްމީ ނިއުސް އެޖެންސީތަކުން ބުނެފައި ވަނީ، އީރާނުން "މިތިބީ ހަނގުރާމައަށް ފުރިހަމައަށް ތައްޔާރަށް" ކަމަށެވެ. އަދި ދުޝްމަނުންނަށް ދޭނެ ރައްދު ކުރިއަށް ވުރެ މާ ވަރުގަދަވާނެ ކަމުގެ ޔަގީންކަން ވެސް އެ ގައުމުގެ އަސްކަރިއްޔާއިން ވަނީ ދީފަ އެވެ.
އީރާނުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، އިސްތިއުމާރީ އެމެރިކާ އާއި ކުޑަކުދިން މަރަމުންދާ ޒަޔަނިސްޓް ރެޖީމަށް (އިޒްރޭލަށް) ކުރިއަށް ވުރެ މާ ހިތްދަތި ފިލާވަޅެއް އީރާނުން ދަސްކޮށްދޭނެ ކަމަށެވެ. މިއީ ސަރަޙައްދީ މަސްރަޙު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައި އީރާނުން ދިން އެންމެ ހަރުކަށި އެއް އިންޒާރެވެ.
މި ބަޔާނަކީ ފަހަކަށް އައިސް މެދުއިރުމަތީގައި އިޒްރޭލުން ހިންގަމުންދާ އަސްކަރީ ހަރަކާތްތަކާއި، އެމެރިކާއިން އެ ސަރަޙައްދުގައި ބާރުގަދަ ކުރަމުންދާ ދަނޑިވަޅެއްގައި އައިސްފައިވާ ބަޔާނެކެވެ. އީރާނުގެ މި އިންޒާރާއެކު ބައިނަލްއަގުވާމީ މުޖުތަމައުން ދަނީ ސަރަޙައްދީ ހަމަޖެހުމާ މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ލޭގެ ޕްރެޝަރު މަތިވުމުގައި މައްސަލައަކީ ހަމައެކަނި ލޮނެއް ނޫން!
ރަންވީރާއި ފަރްހާންގެ ކޯޅުން ނިމި ސުލްހަ ވީތަ؟
ދަރިންގެ އަތުން ފޯނާއި ޓެބްލެޓް އަތުލުމުގެ ކުރިން ސަމާލުވޭ!