ކޮވިޑު-19އިގެެ ސަބަބުން އިންޑިއާގެ ހާލަތު ގޯހަސް ރާއްޖެއަށް ބޭނުންވާ ބޭސް ފޯރުކޮށް ދިނުމަށް އަސަރު ނުކުރާނެ ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
ރާއްޖެއަށް ބޭނުންވާ ބޭހާއި ސިއްހީ އާލަތްތައް އެންމެ ގިނައިން އެތެރެކުރަނީ އިންޑިއާއިންނެވެ. އެހެންނަމަވެސް އިންޑިއާގައި ކޯވިޑް ފެތުރޭ މިންވަރު އިންތިހާއަށް ބޮޑުވެ ފަރުވާ ނުދެވި ގިނަ ބަޔަކު އަންނަނީ މަރުވަމުންނެވެ. އަދި މި ދަނޑިވަޅަކީ އެހެން ގައުމުތަކުން އިންޑިއާއަށްވެސް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ދަނޑިވަޅެކެވެ.
ރޭ ދައުލަތުގެ މިޑިއާއަށް ދިން އިންޓަވިއެއްގައި މި ވަގުތު ރާއްޖެއަށް ބޭހުގެ ދަތިކަމެއް އަތުވެދާނެކަމަށް ނުބެލެވޭކަމަށެވެ. ނަސީމް ވިދާޅުވީ ކޮވިޑްގެ ކޭސްތައް އިތުރުވަމުންދާތީ ބޭހުގެ ސްޓޮކް ބަލަހައްޓަމުން އަންނަކަމަށެވެ. އަދި ރާއްޖެއަށް ބޭހުގެ ދަތިކަން އަތުވެއްޖެނަމަ އެކަމުން ވަރަށް ބޮޑު އަސަރެއް ކުރާނެކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ނަސީމް ވިދާޅުވި އެވެ.
ނަސީމް ވިދާޅުވީ އިންޑިއާގެ ހާލަތު ގޯސްވެފައިވުމުން އެހެން ގައުމުތަކަށް އެހީ ފޯރުކޮށް ނުދެވޭނެ ކަމަށެވެ. އިންޑިއާއިން މީގެ ކުރިންވެސް ކޯވިޑްގެ ހާލަތާ ގުޅިގެން ވަނީ ބޭސްފަރުވާއަށް ބޭނުންވާ ސާމާނުތަކާއި ކާޑުގެ ބާވަތްތައްވެސް ރާއްޖެއަށް ފޯރުކޮށްދީފަ އެވެ. ހާއްސަކޮށް ބޭހާއި ކޯވިޑް ވެކްސިންގެ އިތުރަށް އެހެނިހެން ސާމާނު ވެސް ވަނީ ފޯރުކޮށްދީފަ އެވެ.
މިވަގުތު އިންޑިއާއޮތީ ވަރަށް ނުރައްކާތެރި ހާލަތެއްގަ އެވެ. އެގޮތުން ކޮވިޑް ޖެހިގެން ކޮންމެ މިނެޓަކު ދެ މީހުން މަރުވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ. އެ ގައުމުން ގިނަ މީހުން މަރުވަނީ ހަސްފަތާލުތަކުގެ ޖާގަ ފުރުމުގެ ސަބަބުންނެވެ. އަދި ހަސްފަތާލުތަކުގައި ތިބި މީހުންގެ ތެރެއިން ގިނަ އަދަދެއްގެ މީހުން މަރުވަނީ ސިއްޙީ ސާމާނު ނެތުމުންނެވެ.
200 މެޗު، 6 ވޯލްޑް ކަޕް އަދި 16 ގޯލު: މެސީއަށް އެތައް ރެކޯޑެއް!
އީރާނުން "ގޯސްކޮށް" އުޅޭނަމަ ބޮން އަޅާނަން: ޓްރަމްޕް
"ނިއުސެލިކް އެސިޑް ޓެސްޓް" ކުރަން ފަށަނީ
އަތޮލުތަކުގެ ފާމަސީތަކުގެ ބޭސް އެބަހުރިތޯ