ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމާއެކު އެ ދާއިރާގެ ގޮނޑި ގެއްލުނު މުހައްމަދު ސިނާން ވިދާޅުވެއްޖެ އެވެ.
ސިނާން މިކަން ހާމަކުރީ ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
"އައްޑޫ ސިޓީގެ ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ބައި އިލެކްޝަނާ ގުޅިގެން ބާއްވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕްރައިމަރީގައި، މާތްالله ގެ ހެޔޮ ރަހުމަތްފުޅާއެކު ވާދަކުރުމަށް، އަޅުގަނޑު މުހައްމަދު ސިނާނު، ހުޅުދޫއާގެ/ސ. ހިތަދޫ، ނިންމާފައިވާކަން ނުހަނު އުފަލާއެކު އިއުލާނު ކުރަމެވެ،" ސިނާނު ކުރެއްވި ޕޯސްޓުގައި ވިދާޅުވި އެވެ.
ސިނާން މެންބަރުކަމުން ވަކިވެފައިވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރީ ސާބިތު ދަރަންޏެއް އޮވެ ހުކުމާއެއްގޮތަށް އެ ދަރަނި ނުދައްކާކަން ސާބިތުވުމުންނެވެ.
އެ ބައި އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވަނީ އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އެވެ.
10 މިނިސްޓަރުންގެ ކުއްލި އިސްތިއުފާއެކު ކުއްލި ހައިރާން ކަމެއް
ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހިމް ހަލީލު ވަކިކޮށްފި
މި ހަފުތާގައި އެމެރިކާއާއި އީރާނުގެ މަޝްވަރާތައް އަލުން ފަށަނީ
