ރައީސް މުހައްމަދު މުއިއްޒު ފޮރިން މިނިސްޓަރު ކަމުން އަބްދުﷲ ހަލީލް ކުއްލިގޮތަކަށް ވަކިކުރައްވައިފި އެވެ.
ހަލީލަކީ މި ސަރުކާރުގެ ދެވަނަ ފޮރިން މިނިސްޓަރެވެ.
ނިމިދިޔަ އިންތިހާބުގައި ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވުމާއި ގުޅިގެން ރައީސް ގެންދަވަނީ ސަރުކާރުގެ އިސް މަގާމުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަވަމުންނެވެ.
އެގޮތުން ރައީސް ގެންދަވަނީ އެމަނިކުފާނުގެ ކެބިނެޓުގެ ގިނަ މިނިސްޓަރުން ތަކަކަށް އިސްތިއުފާ ދެއްވުމަށް އަންގަވަމުންނެވެ.
ހަލީލުގެ އިތުރުން މިއަދު މިހާތަނަށް 6 މިނިސްޓަރުން ވަނީ އިސްތިއުފާ ދެއްވާފަ އެވެ.
އޮންލައިން ވަގުތު ގިނަވުމުން ސްޓްރެސް ބޮޑުވަނީ ކީއްވެ؟
އެމެރިކާގެ މިސައިލް ދިފާއީ ނިޒާމަށް ބުރޫ އެރުމުގެ ބިރު ބޮޑުވެއްޖެ
ތުރުކީއާއެކު ހެދި އެފްޓީއޭ އަށް އަމަލުކުރަން ފަށައިފި
